ކޮރަޕްޓް ވިޔަފާރިވެރިންގެ ސަބަބުން ހުއްޓެނީ ޤައުމުގެ ކުރިއެރުން ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ފިރާޤް ވިދާޅުވީ، ކޮރަޕްޓް ގިނަ ފަރާތްތަކުން އަލަށް އިންތިޚާބުވާ ކޮންމެ ސަރުކާރަކަށް އެމީހުންގެ ވަފާތެރިކަމާއި ތާއީދު އޮތްކަން ދައްކަން ރީތި ހެދުން އަޅައިގެން އައިސް އަދަބުވެރިކަމާއެކު ވާހަކަ ދައްކަނީ އަމިއްލަ ވިޔަފާރި ޙިމާޔަތް ކުރުމަށް ކަމަށެވެ.
އެގޮތުން އެއީ ފަރުވާތެރިކަމާއެކު ފަރުމާކޮށްފައިވާ އަދި ކުރަމުންދާ ޕުލޭނުގެ ބައެއް ކަމަށާއި، އެފަދަ މީހުން އެންމެ ރެއެއްގެ ތެރޭގައި ރާގު ބަދަލުކޮށް، ސަރުކާރުތަކުގެ ލީޑަރޝިޕާއެކު ގާތް ގުޅުންތައް ބިނާކުރަނީ ކޮންޓްރެކްޓްތައް ހޯދައި، ނިންމުންތަކަށް ނުފޫޒު ފޯރުވައި، ފޮރުވިފައިވާ އެޖެންޑާތައް ކުރިއަށް ގެންދިއުމަށްވެސް ފިރާޤް ވިދާޅުވިއެވެ.
"ހިތާމައަކީ، މިބާވަތުގެ މީހުން ގިނަ ފަހަރަށް އަސްލު ޤައުމުގެ ކުރިއެރުން ހުއްޓުވައެވެ. އެމީހުންގެ މައިގަނޑު އަމާޒަކީ ޤައުމުގެ ތަރައްޤީއެއް ނޫން. އަމިއްލަ ފައިދާއެއް ހޯދެން އޮތް ގޮތަކްށް ހޯދުން." ފިރާޤު ވިދާޅުވިއެވެ.
ފިރާޤު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ވަގަށް އެތެރެކުރި 2 ކޮންޓޭނަރުގެ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހުން ހައްޔަރު ކޮށްފައެވެ. އަދި މިހާތަނަށް 12 މީހެއްގެ ފުރުން މަނާކޮށް، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު