ނިދާފަ ހޭލާއިރު ބޭންކު ތިޖޫރީވެސް ގެއްލިއްޖެ ކަމަށް ޚަބަރުން ފެނިދާނެ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވިއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިއަހަރުގެ އޭޕްރީލްމަހު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކު ރޭ ވަނީ ހައްޔަރު ކޮށްފައެވެ.
ސިނގިރެޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހެކެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށްނެގި 40 ފޫޓުގެ ދެ ކޮންޓޭނަރުގެ މައްސަލައަށް އިޝާރާތް ކުރަށްވަމުން އަމްރު ވިދާޅުވީ، މިދާ ރޭޓުން ނިދާފަ ހޭލާއިރު ބޭންކު ތިޖޫރީ ވެސް ގެއްލިއްޖެ ކަމަށް ޚަބަރުން ފެނުމާ ގާތްވެއްޖެ ކަމަށެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު ފުލުހުން ރޭ ބުނީ ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިދާ ރޭޓުން ނިދާފަ ހޭލާއިރު ބޭންކު ތިޖޫރީ ވެސް ގެއްލިއްޖެ ކަމަށް ޚަބަރުން ފެނުމާ ގާތްވެއްޖެ. https://t.co/cmvFtqIgAY
— Amr 🎈 (@HusenAmr) October 15, 2025
އަމްރު މިހެން ވިދާޅުވެފައިވާއިރު ފުލުހުން ރޭ ބުނީ ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު