ފާރަވެރިވުން ހަރުދަނާނުކޮށް ޤާނޫނުތައް ހަރުކަށި ކޮށްގެން ނިކުންނާނެ މާބޮޑު ނަތީޖާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
އާމިރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައި ވަނިކޮށް، މިއަހަރުގެ އޭޕްރީލްމަހު 26 ގައި ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކު ރޭ ވަނީ ހައްޔަރު ކޮށްފައެވެ.
ސިނގިރެޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހެކެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށްނެގި 40 ފޫޓުގެ ދެ ކޮންޓޭނަރުގެ މައްސަލައަށް އިޝާރާތް ކުރަށްވަމުން އާމިރު ވިދާޅުވީ، ފާރަވެރިވުން ހަރުދަނާ ނުކޮށް ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް ހަރުކަށި ކުރުމަކުން ނިކުންނާނެ މާ ބޮޑު ނަތީޖާއެއް ނެތް ކަމަށެވެ. އަދި މިއީ ގައުމީ ކަންބޮޑުވުމެއް ކަމަށްވެސް އާމިރު ވިދާޅުވިއެވެ.
އާމިރު މިހެން ވިދާޅުވެފައިވާއިރު، ފުލުހުން ރޭ ބުނީ ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އެމްޕީއެލުން މިހާތަނަށް ވަނީ 6 މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ. އަދި މި ވައްކަމުގައި ކަސްޓަމްސްގެ މުވައްޒަފަކު އެއްވެސް މިންވަރަކަށް ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާރަވެރިވުން ހަރުދަނާ ނުކޮއް ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް ހަރުކަށި ކުރުމަކުން ނިކުނާނެ މާ ބޮޑު ނަތީޖާއެއް ނެތްކަން ފެންނަމުން ދިއުމަކީ ގައުމީ ކަންބޮޑުވުން އޮންނަން ޖެހޭނެ ކަމެއް ކަމުގައިދެކުން މުހިމު @VaguthuOnlin @Mihaarunews @KhabaruOnline @DhiyaresNews @rasonlinemv
— Ahmed Amir (AIM) (@AhmedAmirAim) October 15, 2025
އާމިރު މިހެން ވިދާޅުވެފައިވާއިރު، ފުލުހުން ރޭ ބުނީ ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އެމްޕީއެލުން މިހާތަނަށް ވަނީ 6 މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ. އަދި މި ވައްކަމުގައި ކަސްޓަމްސްގެ މުވައްޒަފަކު އެއްވެސް މިންވަރަކަށް ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު