އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އާ މަޝްރޫޢުތައް ހިންގުމަށް 3 ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެ ކުރިން ބަލިޖެހުމުގެ ކުރިން އޭގެން ދުރުވުމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރެވިފައި ނުވާ ކަމަށާއި، ބަޖެޓުގައި އެކަމަށް ސަމާލުކަން ދެވިފައިނުވާ ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި ޕްރިވެންޓިވް ހެލްތުކެއާ (ބަލިތަކުން ދުރުވުމަށް ކުރާ ފަރުވާ) އާއި ކިއުރިޓިވް ހެލްތުކެއާ (ބަލިތަކަށް ކުރާ ފަރުވާ) މި ދެ ދާއިރާއަށް ވެސް ސަރުކާރުގެ ބަޖެޓުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުން ހަދަން ޖެހޭ އެކިކަހަލަ ޓެސްޓުތަކާއި އޮޕަރޭޝަންތައް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ގާއިމު ކުރުމަށް ވެސް ބޮޑު ޚަރަދެއް ކުރަށްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ބޮޑު އިންސައްތައެއް މި މަސައްކަތަށް ޚާއްސަ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކިވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރަށްވާނީ ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަށް ބަޖެޓު ކުރެވޭ 3 ބިލިއަން ރުފިޔާގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކަށް ކަނޑައަޅުއްވާނެ ކަމަށެވެ. ތަޢުލީމީ ދާއިރާގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެފަދައިން، އަލަށް ފަށާ ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ވެސް މަދުވެގެން 500 މިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް އެންމެ ބޭނުންވާ މުހިންމު ކަންކަން ކުރުމުގެ ގޮތުން ސަރުކާރުން އަމަލުކުރަންޖެހޭ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ދަނީ ބަޖެޓު ނިންމުމުގެ މަރުހަލާގައި މަސައްކަތް ކުރަމުން ކަމަށާއި، އެކި ބައްދަލުވުންތަކުގައި ބަޖެޓުގެ ތަފްސީލުތައް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް މި ކަންކަން ދާގޮތް ސާފުކޮށް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ ބޯހިޔާވަހިކަމުގެ އައު އިތުރު މަޝްރޫޢުތައް ހިންގާނެ، އަދި ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ދުވަހަކު ނުދޭހާ އިސްކަމެއް ލިބިގެންދާނެ އަހަރަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ގާއިމުކުރެވި، ސަރުކާރުން ވެފައިވާ ވައުދުތަށް ފުދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު