ދައުލަތަށް ގެއްލުންވާގޮތަށް އެކުލަވާލާފައިވާ ބެސްޓިނެޓް އެގްރީމެންޓަށް އަމަލުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭޖީ އަޙްމަދު އުޝާމް ވަނީ، ބެސްޓިނެޓް އެގްރީމެންޓާ ގުޅޭގޮތުން އައު ޤާނޫނީ ލަފައެއް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން ހާމަކުރައްވާފައެވެ. އެކަމަށް އިޝާރާތް ކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ދައުލަތަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވާގޮތަށް، އަދި ބެސްޓިނެޓް ކުންފުންޏަށް އެތައް ބިލިއަން ޑޮލަރުގެ ފައިދާވާގޮތަށް މަގުފަހިކޮށް އެކުލަވާލާފައިވާ އެއްބަސްވުމަށް އަމަލުކުރުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް (އޭޖީ) އަޙްމަދު އުޝާމް ވިދާޅުވީ ބެސްޓިނެޓް މައްސަލައިގައި މިހާރު އިތުރު އާ ލަފައެއް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، ބެސްޓިނެޓް ކުންފުންޏާ ގުޅޭ ގޮތުން 2024 ވަނަ އަހަރުގެ މެއި މަހު އޭޖީ އޮފީހުން ވަނީ ލަފައެއް ދީފައި ކަމަށެވެ.
އެއަށްފަހު، ސަރުކާރުގައި އެކުލަވާލާފައިވާ ހުރިހާ ސެޓްލްމަންޓްތަކާ ގުޅޭގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަކި ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި މި ފަހުގެ ނިންމުމާ އެއްގޮތަށް، ބެސްޓިނެޓް މައްސަލައިގައި ވެސް އިތުރު ލަފައެއް ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭޖީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު