ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެމަގު ފަހިކުރަން ސަރުކާރުން ދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މޭވާ އަދި ތަރުކާރީ އިތުރުކޮށް މިމަހުގެ 15 ވަނަ ދުވަހު އެސްޓީއޯ މެދުވެރިކޮށް އެތަކެތި ބާޒާރަށް ނެރެފައެވެ.
"ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުންލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުންކަން ފާހަގަ ކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނަން. ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލަހައްޓަވާށި. އާމީން." ރައީސްގެ މެސެޖް ނިންމަވާލަށްވަމުން ވިދާޅުވެފައިވެއެވެ.
ސަރުކާރުން ދާދިފަހުން ވަނީ، ހަނޑޫ، ހަކުރު ފުށް އެކަނި ހިމެނުނު އަސާސީ ކާބޯތަކެތީގެ ލިސްޓުގައި އާންމުކޮށް ބޭނުންކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ އާއި، ރީނދުލާއި، މުގާއި، ކާއްޓާއި، ކުކުޅުބިސް ހިމަނައި އެސްޓީއޯ މެދުވެރިކޮށް މިތަކެތި ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު