(ކ - ވ) އެޗްޑީސީ - ޒުހައިރު، މިފްކޯ - ފަރުހަތު، އެމްޓީސީސީ - ސައުދީ، ފެނަކަ - ނަޖާހް، އެމްޕީއެލް - ރިޝްވާން
(ކ - ވ) އެޗްޑީސީ - ޒުހައިރު، މިފްކޯ - ފަރުހަތު، އެމްޓީސީސީ - ސައުދީ، ފެނަކަ - ނަޖާހް، އެމްޕީއެލް - ރިޝްވާން
ސަރުކާރު ހިއްސާވާ ރައްޔިތުންގެ ކުންފުނިތަކުގެ ލޭނުބޮއި ރިޓަޔާރޑް ޓީމް އިސްތިއުފާ ދެއްވުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ގޮވާލައްވައިފިއެވެ.

ރާއީ އެކަމަށް ގޮވާލެއްވީ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރާއީ ވިދާޅުވީ ޔުނީފޯމްއެޅި ކުރީގެ ރިޓަޔަރޑް ޖެނެރަލުންނަކީ ދިވެހިން އެބަޔަކަށްޓަަކައި އިންތިހާއަށް ފަޚުރުވެރިވާ، އަދި އެބޭފުޅުންގެ ޤައުމީ ޚިދުމަތް ވަރަށް ބޮޑަށް ބަލައިގަންނަ ނަޒާޙަތްތެރި ބޭފުޅުން ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅުން މިސަރުކާރުގައި އަދާކުރަށްވަމުން ގެންދަވާ ދައުރުގެ ސަބަބުން އެބޭޅުންގެ ފަސްބައި ހަޑިވަމުންދާ ކަމަށް ރާއީ ވިދާޅުވިއެވެ.

އެގޮތުން ރާއީ ވަނީ ދާޚިލީ ވަޒީރު އިޙްސާން އާއި، އެޗްޑީސީގެ އެމްޑީ ޒުހައިރާއި، މިފްކޯގެ ސީއީއޯ ފަރުހަތާއި، އެމްޓީސީސީގެ ސީއީއޯ ސައުދީ އާއި، ފެނަކައިގެ އެމްޑީ ނަޖާހް އާއި، އެމްޕީއެލްގެ ސީއީއޯ ރިޝްވާންގެ ނަން ފާހަގަ ކުރަށްވާފައެވެ.

"މިސަރުކާރުގައި އެބޭފުޅުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލައިގެން ކުންފުނިތަކުން ހިންގަމުންދާ ވައްކަމުގެ ޒިންމާ ނަންގަވަން ޖެހެނީ މިބޭފުޅުން." ރާއީ ވިދާޅުވިއެވެ.



ހަމައެއާއެކު ރާއީ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގެ ވެރިޔަކަށް ކުރިން ރާއްޖޭގެ ސަލާމަތީ ބާރުތަަކުގައި މަސައްކަތްކޮށް ރިޓަޔާރ ކޮށްފައިވާ ބޭފުޅުން ލައްވައިގެން، އެ ކުންފުނިތަކުން ބިޔަ ބޮޑެތި ޖަރީމާތައް ހިނގާ ކަމަށްވެސް ތުހުމަތު ކުރަށްވާފައެވެ.

"މިދެންނެވި ބޭފުޅުންނާއި އެބޭފުޅުންގެ ޝަރަފާއި ގަދަރަށްވެސް އެލިބިގެންދަނީ މުޅި އުމުރަށްވެސް ހުތުރެވެ. އެބޭފުޅުން ކުރިން ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި އިހްލާސްތެރި ހިދުމަތާއި އެ ޔުނީފޯމްތަކުގެ އިއްޒަތްވެސް ވެއްޔާ މޮޑެވި ނިމުނީއެވެ." ރާއީ ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ރާއީ ވަނީ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ދޭ ސިޔާސީ ބޮޑު މަޤާމަކަށްޓަކައި، ޤައުމީ ޔުނީފޯމްގެ އަގާއި ދިވެހި ގައުމަށް ކޮށްދެއްވި ޝަރަފްވެރި ހިދުމަތާއި އަދި އަމިއްލަ ނަފްސުގެ އަބުރާ އިއްޒަތް ނަގާނުލުމަށްވެސް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު