ތަރައްޤީގެ މަޝްރޫޢުތަކުގެ ގޮތުގައި އެއާޕޯޓުތައް އަޅަމުންދާއިރު، އެއާޕޯޓަށް ދަތުރުކުރާނެ މަތިންދާބޯޓު ނެތި މިކަމުން ވާނީ ކޮން ފައިދާއެއްތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ސުވާލު ކުރައްވައިފިއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގައި އިތުރު ދެ އެއާޕޯޓު އެޅުމަށް އެއްބަސްވުންތަކެއް އެކުލަވާލުމާ ގުޅިގެންނެވެ.
މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މޫސަ ވިދާޅުވީ އެއަރޕޯޓް ރަންވޭ އަޅަނީ މަތިން ދަތުރު ކުރަން ކަމަށެވެ. ކަން މިހެން އޮތް އިރު އެއާޕޯޓަށް ދަތުރުކުރާނެ މަތިންދާބޯޓެއްނެތި އެއިން ލިބޭނީ ކޮން ފައިދާއެއްތޯ ވިދާޅުވެ މޫސަ ވަނީ ސުވާލުކުރައްވާފައެވެ.
"އަޅާ ކޮންމެ އެއަޕޯޓަކަށް މަތިދާބޯޓެެއްވެސް ގަނެދޭން ރައީސުންގާތު އެދެން" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިހާރުވެސް ހުރި އެއާޕޯޓުތައް މެދުވެރިކޮށް ރާއްޖެތެރެއަށް ރައްޔަތުންނާއި، ފަތުރުވެރިން އުފުލާނެ ބޯޓުނެތުމުން ކަމަށްބުނެ ޓިކެޓުގެ އަގު އިންތިހާއަށް ބޮޑުކޮށްފައިވާކަމަށެވެ. އަދި މާލެ ނައިސް، އެއްރަށުން އަނެއްރަށް މަތިންނުދެވި ޝެޑިއުލްއާ އެއްގޮތަށް ދަތުރު ނުކުރެވެނީ އެކަށީގެނވާވަރަށް މަތިންދާބޯޓު ނެތުމުން ކަމަށް ބުނަމުންދާކަމަށްވެސް މޫސަ ފާހަގަކުރެއްވިއެވެ.
މިކަންތައްތައް މިހެން ހުރި އިރު އެއާޕޯޓުތައް އެޅުމުގެ ބަދަލުގައި، މަތިންދާބޯޓުތަކަށް އިންވެސްޓު ކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު