މިވެރިކަމުގައި ވައްކަމުގެ ތުހުމަތު ކުރެވުނު ބޭފުޅުންގެ މައްސަލަ ބަލާނެ ބަޔަކު ނެތީ ކީއްވެތޯ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސުވާލު އުފައްދަވައިފިއެވެ.
އައްބާސް މިހެން ވިދާޅުވީ، އެމްޕީއެލް އިން ކެރޭނެއް ގަތުމަށް ހިންގި ކަމަށްބުނާ 19 މިލިއަން ރުފިޔާގެ މުޢާމަލާތެއް ހިމެނޭ ޚަބަރެއް މީސްމީޑިއާގައި ޙިއްސާ ކުރަށްވަމުންނެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވައްކަންކުރި ކަމަށާއި، ލޯނުނެގިކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުން މިހާރު ޢަމަލު ކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މިސަރުކާރުން މުޅި ދައުލަތް ލޫޓުވާލުމަކީ އިންސާފުތޯ އައްބާސް ސުވާލު އުފެއްދެވިއެވެ.
"މިސަރުކާރުން ލޯނު ނުނަންގަވާތޯ؟ މިވީ 2 އަހަރުގެ ތެރޭގައި މިސަރުކާރުގެ ތެރެއިން ބޮޑެތި ވައްކަންތައް ކުރަމުންދާކަން ތުހުމަތު ކުރެވި މަޤާމުން ވަކިކުރެވުނު ބޭބޭފުޅުންނާއި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ގެ މައްސަލަތަށް ބަލަން ނުފެށި ނުވަތަ ބަލާނެ ބަޔަކު ނެތީ ކީއްވެތޯ؟"
ހަމައެއާއެކު އައްބާސް ވަނީ މިވެރިކަމަށް 2 އަހަރު ވާއިރު ރައްޔިތަކަށްވީ މަންފާއެއްވެސް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވި އަޙްމަދު ސަޢީދު މިހާރު ވަނީ 4 އަހަރަށް ޖަލަށް ލާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ މައުމޫން 12 އަހަރަށް ޖަލަށްލާންވެސް ދާދިފަހުން ޙުކުމް ކޮށްފައިވެއެވެ.
އަދި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އާއި ކުރީގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު އޭސީސީއަށް ޙާޟިރު ކޮށްފައިވެއެވެ.
ނަމަވެސް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ މަސްލަޙަތު އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މާލީ މުޢާމަލާތްތަކަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓްގެ މައްސަލައާއި، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދަށް ކުރެވުނު ތުހުމަތުތަކާއި، ފެނަކައިގެ ކުރީގެ އެމްޑީ މުއާޒަށް ތުހުމަތު ކުރެވުނު މައްސަލަތަކާއި، އެމްޕީއެލްގެ ކުރީގެ އެމްޑީ މުޙައްމަދު ވަޖީހް އިބްރާހީމް މަޤާމުން ވަކިކުރި މައްސަލައިގެ މާބޮޑު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު