ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިޚްލާސްތެރި ކަމާމެދު އެމަނިކުފާނުގެ ޢާއިލީ މެންބަރެއް ކަމަށްވާ އަޙްމަދު ޣާލިބް ސުވާލު އުފައްދަވައިފިއެވެ.
ޣާލިބް މިހެން ވިދާޅުވީ، ރައީސް މުޢިއްޒު ރައްޔިތުންގެ ޙާލު ބެއްލެވުމަށް ރަށްރަށަށް ޒިޔާރަތް ކުރަށްވަމުން ގެންދަވަނީ، ގަދަ ވިއްސާރަޔަށްވެސް ބެއްލެވުމެއް ނެތި ކަމަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން ޣާލިބް މީސްމީޑީއާގައި ވިދާޅުވެފައިވަނީ، މެޓު އޮފީހުންނާއި ފުލުހުން މޫސުމަށް ސަމާލުވުމަށް ގޮވަމުންދާ ދުވަސްވަރެއްގައި، "މޫސުމަށް ފަރުވާލެއްނެތި" އޭ ކިޔައި ރައީސް މުޢިއްޒުގެ އަރިހުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނަށް ޖެއްސުން ކުރަމުންދާކަމަށް ހީވާ ކަމަށެވެ.
"މަ ގޯތި މުޙައްމަދަށް ޚުޝާމަދުތަ ނޫނީ ޖެއްސުންތަ ތިކުރަނީ އަޅެފަހެ؟ އިއްޔެވެސް އެފަކީރުގެ ކުރިމަތިން އުވަދޯންޏެއް ކަލޭމެން ދަމައިފި، މީހަކު އަވަދިވެދާނެ!" ޣާލިބް ވިދާޅުވެފައިވެއެވެ.
ޣާލިބް މިހެން ވިދާޅުވެފައިވާއިރު މެންބަރު ސިނާން ވިދާޅުވެފައިވަނީ ގަދަ ވިއްސާރަ އާއި، ހޫނު އަތްވަށް ފަރުވާއެއް ނެތި ރައީސް މުޢިއްޒު ރައްޔިތުންގެ ހާލަތު ބައްލަވަން ރަށްރަށަށް ޒިޔާރަތް ކުރަށްވަނީ ރައްޔިތުންނަށް އޮތް ލޯތްބެއްގެ ސަބަބުންކަން ޔަގީންވާ ކަމަށެވެ.
ގަދަ ވިއްސާރާގައި ރައީސް މުޢިއްޒު ރަށްރަށަށް ވަޑައިގަންނަވާ ކަމަށް ސިނާން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް މުޢިއްޒު ވަނީ އަތޮޅުތެރެއަށް ގާތްގާތުގައި ދަތުރުތަކެއް ކުރަށްވާފައެވެ.

ބްރަދާ، މެޓު އޮފީހުންނާ ޕޮލިހުން އެބަ ކިޔާ އެހެން އެއްޗެކޭ، ސަމާލު ވާށޯ، މޫސުމަށް ބަލާށޯ..؟ “މޫސުމަށް ފަރުވާލެއްނެތި” އޭ ކިޔައި ގޮންނުޖަހާށޯ ނޫންތަ އެ ބުނަނީ؟ މަ ގޯތި މުޙައްމަދަށް ޚުޝާމަދުތަ ނޫނީ ޖެއްސުންތަ ތިކުރަނީ އަޅެފަހެ؟ (އިއްޔެވެސް އެފަކީރުގެ ކުރިމަތިން އުވަދޯންޏެއް… https://t.co/ysr2c104li
— Ahmed Ghaalib (@AhmedGhaalib) October 17, 2025
ޣާލިބް މިހެން ވިދާޅުވެފައިވާއިރު މެންބަރު ސިނާން ވިދާޅުވެފައިވަނީ ގަދަ ވިއްސާރަ އާއި، ހޫނު އަތްވަށް ފަރުވާއެއް ނެތި ރައީސް މުޢިއްޒު ރައްޔިތުންގެ ހާލަތު ބައްލަވަން ރަށްރަށަށް ޒިޔާރަތް ކުރަށްވަނީ ރައްޔިތުންނަށް އޮތް ލޯތްބެއްގެ ސަބަބުންކަން ޔަގީންވާ ކަމަށެވެ.
ގަދަ ވިއްސާރާގައި ރައީސް މުޢިއްޒު ރަށްރަށަށް ވަޑައިގަންނަވާ ކަމަށް ސިނާން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް މުޢިއްޒު ވަނީ އަތޮޅުތެރެއަށް ގާތްގާތުގައި ދަތުރުތަކެއް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު