އެމްޑީޕީން އޮކްޓޯބަރ 3 ގައި ބޭއްވި މުޒާހަރާ
އެމްޑީޕީން އޮކްޓޯބަރ 3 ގައި ބޭއްވި މުޒާހަރާ
އިދިކޮޅު އެމްޑީޕީން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ލޫޓުވައިފި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހުން ވެސް ކޯޓުން ދޫކޮށްލައިފި އެވެ.

ލޫޓުވައިފި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ.

އެގޮތުން މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހުގެ މުއްދަތެވެ.

އެމީހުންގެ ބަންދުގެ 15 ދުވަސް ހަމަވުމުން ބަންދު މުއްދަތު އިތުރުކޮށްދިނުމަށް އެދި މިއަދު ކޯޓަށް ހާޒިރުކުރުމުން އެ މީހުން ދޫކޮށްލާފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށް ފަހުގައެވެ.

އޮކްތޫބަރ 3 ގެ ހައްޔަރީން ދޫކޮށްލާފައިވާއިރު، އެމްޑީޕީން މިހާރު ތައްޔާރުވަމުންދަނީ އަންނަމަހު 17 ގައި މާލޭގައި އެއްވުމެއް ބޭއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު