ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު ނޫނީ ދެން ތިބީ ތަނެއްދޮރެއް ނުދަންނަ ގަމާރުންކަމަށް ދެކެލައްނީތޯ އައްސަވައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މީސްމީޑިއާއަށް ސުވާލުތަކެއް ދޫކޮށްލަށްވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި މެންބަރު އައްބާސް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުއިއްޒަށް ފެނިވަޑައިގަންނަވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރަށްވަން ނިންމަވައި އިއުލާން ކުރަށްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ރައީސް ދައްކަވާ ޤައުމީ ތަރައްޤީގެ ޕްލޭންގެ ހަޤީޤަތާމެދު އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.
އެގޮތުން އައްބާސް ވިދާޅުވީ، އެހެން މީހުންނާއި މަޝްވަރާ ކުރެއްވުމެއް ނެތި އަދި ޕްލޭނެއްވެސް ނެތި ވަޑައިގެންނެވޭހާ ރަށެއްގައި ވަޢުދުތަށް ވަމުން ގެންދެވީ ކޮން ޕްލޭނެެްގެ ދަށުން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"މަނިކުފާނު ނޫނީ ދެން މިތިބީ ތަނެއްދޮރެއް ނުދަންނަ، ލޯކަނު، ގަމާރުންކަމަށް ދެކެނީތޯ؟ އަޅުގަނޑު އެދެނީ ޤައުމީ ތަރައްޤީގެ ޕްލޭނޭ ކިޔައިގެން އިތުރު ބޭކާރު ހަރަދުތައް ނުކުރަށްވާ މަނިކުފާނުގެ ދޯހަޅި، މަކަރުވެރި، ދޮގުބުނުމުގެ ސިޔާސަތު ދޫކޮށްލައްވާފައި ރައްޔިތުންނާ މިޤަައުމު ހަވާލު ކުރެއްވުން." އައްބާސް ވިދާޅުވިއެވެ.
ހަމައެއާއެކު އައްބާސްވަނީ ރައީސް ޑރ. މުޢިއްޒު ރަށްރަށުގައި އެއަރޕޯޓް އެޅުމަށް ގެންގުޅުއްވާ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ޖެހިޖެހިގެން އޮތް ތިންރަށުގައި އެއާރޕޯޓު އަޅަން ނިންމެވީ ކޮން ޕްލޭނެއްގެ ދަށުންތޯ؟ ކޮން ސާރވޭއެއް ކޮށްގެންތޯ؟ ކޮންކަހަލަ ފީޒިބިލިޓީއެއް ހައްދަވައިގެންތޯ؟ އިތުރު 30 ވަރަކަށް އެއާރޕޯޓު އަޅަން މަނިކުފާނު ނިންމެވީ ރާއްޖޭގައި އޮތީ ކިތަށް ފުލައިޓުތޯ؟ ޑޮމެސްޓިކު އެއްވެސް އެއާޕޯރޓަކުން ފައިދާވޭތޯ؟ ކުރިން ހަދާފައިހުރި އެއާޕޯރޓުތަށް މަރާމާތު ކޮށް ބެލެހެއްޓޭތޯ؟" އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ސްޕީޑްބޯޓުގައި ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ނިޒާމް ގުޅުވާލުމަށް ރަނގަޅު ޕްލޭނެއް ނެތްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު