އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
މީގެ ކުރިންވެސް ތަފާތު ތިން ވެރިކަމަށް ދެކެފައިވާ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ވެރިކަމަކުން މި ސަރުކާރުހާ ޑެސްޕެރޭޓްކޮށް އަމަލުކުރަމުންދާތަނެއް ނުދެކޭ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލު ޓެގުކޮށް އެކްސްގައި ހިއްސާަކުރި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ ސަރުކާރުން އެހެން ސަރުކާރެއްގެ ކޮންސިއުލާއެއް އޭނާގެ މަޤާމުން ވަކިކުރުމަށް އެދުމަކީ ވަރަށް ޝައުގުވެރިކަމެއް ކަމަށެވެ.

ފިރާގް ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު ތިން ވެރިކަމެއް ދެކެފައިވާ ކަމަށާއި، ބާރުވެރިކަންމަތީ ތިބުމަށް މިހާ ޑެސްޕެރޭޓް ސަރުކާރެއް އަދި ދެކެފައި ނުވާކަމަށެވެ.

"އެންމެ ފަހުން ނިމިގެންދިޔަ ވެރިކަމަކީ އަޅުގަނޑުމެންގެ މެދުގައި މަގުބޫލު ވެރިކަމެއް ކަމުގައި ނުވީނަމަވެސް، އަޅުގަނޑުމެންގެ ތާއީދާއި މަސައްކަތާއެކު ވެރިކަމަށް ގެނެސްފައި މިހާރު މިވާ ސަރުކާރު އަމަލުކުރަމުންދާފަދަ ޑެސްޕެރޭޓުކަމާއެކު އެއްވެސް ކަމެއް ކުރީ ސަރުކާރުން ނުކުރޭ." ފިރާގް ވިދާޅުވިއެވެ.

ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ދައްކުވައިދެނީ އަމާންކަން ނެތްކަން އެކަނި ނޫންކަމަށާއި، މިއިން ދައްކުވައިދެނީ ތަފާތު ޚިޔާލުތަކާއި މިނިވަން އަޑުތަކާ މެދު އިތުރުވަމުންދާ ހިތްހަމަނުޖެހުން ކަމަށް ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އިމޭޖް ދަށްވެ، ޑިމޮކްރަސީއާއި އިންސާފުގެ އަގުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ލީޑަރޝިޕަކީ ޒިންމާދާރުކަމާއި، އެއްބައިވަންތަކަމާއި، އިހްތިރާމާއެކު ގައުމު ތަމްސީލުކުރުން. އެއީ އަމިއްލަ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފަރުދުންގެ އަޑުކަނޑުވާލައި އެއްފަރާތްކޮށްލުމެއް ނޫން" ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ ހަގީގީ މިސާލެއްގައި ވެރިކަން ޓެސްޓު ކުރެވެނީ ހުރިހާ ކަމެއް ރަނގަޅަށް ހިނގަމުންދާއިރަކު ނޫން ކަމަށެވެ. އަދި ވެރިކަން ޓެސްޓު ކުރެވެނީ ބާރު ބޭނުންކުރެވެނީ ޒިންމާދާރުކަމާއި ތެދުވެރިކަމާއެކުގައިކަން ފެންނަ ހިނދުގައި ކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު