ބައިބައިވުމަށް ހޭދަކުރާ ވަގުތާއި، ފައިސާ އާއި ހަކަތަ ބިނާކުރަނިވި ކަންކަމަށް ހޭދަކުރުމަށް އެދިވަޑައިގެން ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ޑރ. ޙަސަން ސަޢީދު އައްޑޫ ފޭދޫ ރައްޔިތުންނަށް އަސަރުގަދަ ސިޓީއެއް ފޮނުއްވައިފިއެވެ.
ޑރ. ޙަސަން އައްޑޫ ފޭދޫ ރައްޔިތުންނަށް އަސަރުގަދަ ދިގު ސިޓީއެއް ފޮނުއްވާފައިވާއިރު، އައްޑޫސިޓީގެ ހަ ރަށުގެ ތެރެއިން ތިން ރަށެއް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ބައިބައި ކުރުމާއި ދެކޮޅުކަން ދޭހަވާފަދަ ޢިބާރާތަކުން ޑރ. ޙަސަން ފޮނުއްވި ސިޓީގައި ފޭދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވަނީ، ބައިބައިވުމަށް ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ، ބިނާކުރަނިވި ކަންކަމަށް ހޭދަކޮށް، ގުޅިގެން މައްސަލަތަކަށް ހައްލު ހޯދައި، އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ.
އެގޮތުން އައްޑޫ ފޭދޫ ހިމެނޭގޮތަށް 1،000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރަށްވަމުން ޑރ. ޙަސަން ވިދާޅުވީ، އައްޑޫގެ ދަރިންތަކެއް ކުރަމުންދާ އިޚްލާސްތެރި އެމަސައްކަތުގެ ކުރި މަރާލުމުގެ ފުރުސަތު ސިޔާސީ ބައެއްގެ އަވާގައި ޖެހިގެން ފޭދޫ ރައްޔިތުން ނުދިނުމަށެވެ. އަދި މިހާރުވެސް އެމަޝްރޫޢާ ގުޅުންހުރި ގިނަ މަސައްކަތްތައް ކުރެވެމުންދާއިރު، ސަރުކާރާއި ހިސާބުން ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ޑރ. ޙަސަން ފާހަގަ ކުރަށްވާފައިވެއެވެ.
"މި ބުރަ މަސައްކަތުގައި އުޅޭއިރު ރަށާއި ސިޓީ ކައުންސިލްގެ އިހުތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރުމުގެ ގޮތުން މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ،" އެ ސިޓީގައި ޑރ. ޙަސަން ވިދާޅުވެފައިވެއެވެ.
އަދި ފޭދޫ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށާއި، އާ އެއްބަސްވުންތަކެއް ހަދަން ޖެހި، އެ އެއްބަސްވުންތައް ވުމުގެކުރިން މާލީ އިދާރާތަކުން ލޯނު ހޯދުމަށް ދަތިވާނެކަން ޑރ. ޙަސަން ފާހަގަކުރެއްވިއެވެ.
"މިއަދު ބައިބައިވުމަށް އަޅުގަނޑުމެން ތި ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ ބިނާކުރަނިވި ކަންކަމަށް ހޭދަކުރަމާތޯ އެވެ؟" ޑރ. ޙަސަންގެ ސިޓީގައިވެއެވެ.
އޭގެއިތުރުން ޙަސަން ވިދާޅުވީ މީގެ 2 އަހަރުކުރިން ފެށި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގައި ފޭދޫގެ ޓޫރިޒަމް ޒޯނުގައި އެކަނިވެސް 536 ޓޫރިސްޓް އެނދާއި ރާއްޖޭގެ އެންމެ ބޮޑު އެއް ރެސްޓޯރަންޓާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތައް ލިބޭނެ ކަމަށެެވެ.
އައްޑޫ ބައިބައިކުރުމުގެ ވޯޓާއި ގުޅިގެން ޑރ. ޙަސަން އަސަރުގަދަ ސިޓީފުޅެއް ފޮނުއްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. މިވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ދަޢުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ތާޢީދު ހޯއްދެވުމަށް އެ އަވަށުގައި ކެމްޕޭން ކުރަށްވަމުންނެވެ.
މިވޯޓާއި ގުޅިގެން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެވޯޓުގައި 9،577 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދި ހުށަހެޅީ އެންމެ 255 މީހުންނެވެ.
އައްޑޫ ޢާއްމު ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު