އުނބަށްޖަހާ ސަރުކާރަކުން ރަން ފޮށްޓެއް ލައްގަޅޭ ކިޔައިފިނަމަ، ލައްގާނީ ނަގުލަންދާށި ފޮށްޓެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވީ އައްޑޫ ސިޓީ ބައިބައި ކުރުމަށް އަންނަ ހޮނިހިރު ދުވަހު ނެގުމަށް ތައްޔާރުވަމުންދާ ވޯޓަށް އިޝާރާތް ކުރަށްވަމުންނެވެ. އެގޮތުން އިލްޔާސް ވިދާޅުވެފައިވަނީ ވޯޓުލާންވީ ރަނގަޅުގޮތަކީ ކޮބައިކަން އޭނާއަށް އެނގި ނުލައްވާ ކަމަށެވެ. ނަމަވެސް ބަޔަކު ދައްކާ ދަޅަތަކަށް ނުހެއްލުމަށްވެސް އިލްޔާސް ވަނީ އައްޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"އެނގޭހާވެސް ކަމަކީ އުނބަށްޖަހާ ބާޠިނީ ސަރުކާރަކުން ރަން ފޮށްޓެއް ލައްގަޅޭ ކިޔައިފިނަމަ، ލައްގާނީ ނަގުލަންދާށި ފޮށްޓެއްކަން." އިލްޔާސް ވިދާޅުވެފައިވެއެވެ.
އައްޑޫ ރައްޔިތުންނަށް އިލްޔާސް މެސެޖެއް ދެއްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް މިމަހު 25 ގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. މިވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ދަޢުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ތާޢީދު ހޯއްދެވުމަށް އެ އަވަށުގައި ކެމްޕޭން ކުރަށްވަމުންނެވެ.
މިވޯޓާއި ގުޅިގެން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެވޯޓުގައި 9،577 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދި ހުށަހެޅީ އެންމެ 255 މީހުންނެވެ.
އައްޑޫ ޢާއްމު ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ އެކުވެރިންނޭވެ!
— إلياس جمال الوادوي (@IVaadhuvee) October 19, 2025
އައްޑޫ ބައިބާކުރާ ވޯޓާ ގުޅޭ ގޮތުން ދަންނަވަން!
ވޯޓު ދޭންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ނޭނގޭ.
އެނގޭހާވެސް ކަމަކީ އުނބަށްޖަހާ ބާޠިނީ ސަރުކާރަކުން ރަން ފޮށްޓެއް ލައްގަޅޭ ކިޔައިފިނަމަ، ލައްގާނީ ނަގުލަންދާށި ފޮށްޓެއްކަން.
ނަމަނަމަ ދައްކާ ދަޅައަކަށް…
އައްޑޫ ރައްޔިތުންނަށް އިލްޔާސް މެސެޖެއް ދެއްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް މިމަހު 25 ގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. މިވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ދަޢުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ތާޢީދު ހޯއްދެވުމަށް އެ އަވަށުގައި ކެމްޕޭން ކުރަށްވަމުންނެވެ.
މިވޯޓާއި ގުޅިގެން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެވޯޓުގައި 9،577 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދި ހުށަހެޅީ އެންމެ 255 މީހުންނެވެ.
އައްޑޫ ޢާއްމު ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު