ސަރުކާރުން މަރުކަޒީ ބޭންކު (އެމްއެމްއޭ) މެދުވެރިކޮށް، ފައިސާ ޗާޕުކުރަން އުޅެނީ ކުރިއަށް އޮތް އިންތިހާބުތަކަށާއި، ސަރުކާރުގެ ބޭކާރު ހަރަދުތަކަށް ފައިސާ ދެވޭނެގޮތެއް ނެތުމުން ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްއޭ އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.
މިކަމާ ގުޅިގެން ރަސް އަށް ދިން އިންޓަވިއުއެއްގައި ނަސީމް ވިދާޅުވީ މިކަމަކީ އޭގެޒާތުގައި އިގްތިސާދީ ކަމެއްކަމުގައި ދެއްކިޔަސް، މުޅިމިކަމަކީ ސަރުކާރުތަކުން ޢާއްމުކޮށް ކުޅޭ ސިޔާސީ މުޑުދާރުޒާތުގެ އާންމުކަމެއް ކަމަށެވެ.
ނަސީމް ވިދާޅުވީ އަސްލު ދިމާވެގެން އުޅޭ މައްސަަލައަކީ މިއަދު ދައުލަތުގެ ދަރަނީގެ ޙާލަތު އޮތްގޮތުން ބޭރުގެއެހީ އާއި ބޭރުން ދަރަންޏަށްވެސް ލާރިލިބޭނެ ގޮތެއް ނެތުން ކަމަށެވެ. އަދި ލިބެން އޮތް ދަރަނީގެ އިންޓްރެސްޓުވެސް ބޮޑުވުން ކަމަށް ނަސީމް ވިދާޅުވިއެވެ. ހަމައެއާއެކު މިހާރުދައްކަންހުރި ދަރަނިދެއްކުން ފަސްކުރުމަކީ ވެސް މިޖަރީމާގެ ބައެއްކަމަށް ވެދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.
މިކަންކަމުގެ ސަބަބުން ކުރިއަށްއޮތް އިންތިޚާބުތަކަށް، ވަކިންހާއްސަކޮށް ކައުންސިލްއިންތިޚާބަށާއި ސަރުކާރުގެ ބޭކާރު ޚަރަދުތަކަށް ފައިސާދެވޭނެ ގޮތެއް ނެތްކަމަށް ނަސީމް ވިދާޅުވިއެވެ.
"ލިބޭ އާމްދަނީއަކުން ދެކޮޅެއް ނުޖެހޭ. ކޮންމެވެސް ގޮތަކަށް ފައިސާ ހޯދަން ޖެހޭ. އެހެންވީމާ ސެންޓްރަލްބެންކާ ޕެންޝަންފަންޑް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ޓެކްނިކަލް މީހުންގެ ލަފަޔަށް ފަސޭހައިން ކުރުވެން އޮތްކަމަކީ ނުސީދާކޮށް ފައިސާޖެހުން ކަމަށްވާތީ އެކަންކުރަނީ" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މި ފައިސާއިން ބައެއް ޕްރައިވެޓް ކުންފުނިތަކަށް ދައްކަންހުރި ސަރުކާރުގެ ދަރަނި ބިލްތައްދައްކަން، ސަރުކާރަށް ސަޕޯރޓްކުރާ ސަރުކާރުން ބޭނުންވާގޮތަށް ވޯޓުހޯދާށާއި ކަޓުލިބޭމީހުނަށް ދޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅުގެ ވަހެއްވެސް ހުރި މީހަކަށް ފައިސާ ނުދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ފައިސާގެ އެއް އަމާޒަކީ ކައުންސިލް އިންތިހާބުކަން ފާހަގަކުރަމުން ނަސީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް (އެސްއޯއީތައް) މެދުވެރިކޮށް އަތޮޅުތެރޭގައި މިހާރު އިއުލާނުކުރާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ އެސްއޯއީތަކަށް ދޫކުރާނެ ކަމަށެވެ. މިއީ ކައުންސިލްއިންތިޚާބު ނިމެންދެން އެކުންފުނިތަށް މެދުވެރިކޮށް ވޯޓުހޯދުމަށާއި، މެންބަރުންނާއި ސިޔާސީމީހުންގެ ކަރުގައި ފޮނިރަހަލެއްވުމަށް ކުރާ ކަމެއް ކަމުގައި ނަސީމް ވަނީ ސިފަކުރައްވާފައެވެ.
މިކަމާމެދު ނަސީމްގެ އިރުޝާދަކޯ ކޮބައިތޯ ސުވާލުކުރުމުން ނަސީމް ވިދާޅުވީ އަނގައިގަ ހިތިރަހަލައްވަން މިގައުމަށް އިރުޝާދު މުހިއްމެއް ނޫން ކަމަށެވެ. މިފަދަ ކަންކަމަކީ ސަރުކާރުތަކުން ބޭނުންވާގޮތަށް، ވެރިންނަށް އެނގިތިބެ، ސިޔާސީ މެނިޕިއުލޭޓިވް އެޖެންޑާގެދަށުން ހިންގާ ޖަރީމާތަކުގެ ބޮޅެއް ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިކަމުން ލިބޭ ވަގުތީ މަންފާއަށްވުރެ، ދުރުރާސްތާގައި ގައުމަށް ލިބޭ ދެރަ ބޮޑުވާތީ މިކަމުން ދުރުރެހިވުމަށް ނަސީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ މިކަމުގެ ސަބަބުން ސިޔާސީ ވެރިންނަށް މާދަމާ ދައުވާކޮށް ޖަލުގެ ކުޑަގޮޅިއަށްދިއުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މިއީ ގިސްމަތުގެ ކުޅިވަރެއްނޫން ކަމަށާއި، މިއީ ހީލަތެއް ކަމުގައި ނަސީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު