އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސް ޕީ ބަލަސުބްރަމާނިޔަމް
އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސް ޕީ ބަލަސުބްރަމާނިޔަމް
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސް ޕީ ބާލަސުބްރަމާނިޔަމް، މިދިޔަ އޮގަސްޓް މަހު ކޮވިޑް އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

74 އަހަރުގެ ލަވަކިޔުންތެރިޔާ ޗެންނާއީގެ އެމްޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުގެ ކުރިން ވަނީ ކޮވިޑަށް މީހުން ހޭލުންތެރިކުރުމަށް ތަމިލް ބަހުން ލަވައެއް ނެރެފައެވެ.

އެމްޖީއެމް ހޮސްޕިޓަލުން ބުނާގޮތުން، އެސް ޕީ ބާލަސުބްރަމާނިއަމް، އޮގަސްޓްމަހު 5 ގައި ކޮވިޑް އަށް ޕޮޒިޓިވްވި ނަމަވެސް، ސެޕްޓެމްބަރު 5 ގެ ޓެސްޓުތަކުން ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ. ހޮސްޕިޓަލްގެ ރިޕޯޓްތައް ބުނާގޮތުން، އެސް ޕީ ބަލަސުބްރަމާނިޔަމް މަރުވެފައިވަނީ ކާޑިއޯ ރެސްޕިރޭޓޮރީ އެރެސްޓް އަކާ ގުޅިގެންނެވެ.

އެސް ޕީ ބާލަސުބްރަމާނިޔަމްގެ މަޝްހޫރު ހިންދީ ލަވަތަކުގެ ތެރޭގައި، ޕެހެލާ ޕެހެލާ ޕިޔާރް، މެރެ ރަންގް މެއި ރަންގްނެވާލީ، ދިލް ދީވާނާ، ދޭކާހެ ޕެހެލީ ބާރް ފަދަ ލަވަތައް ހިމެނެއެވެ. އެސް ޕީ ބާލަސުބްރަމާނިޔަމްއަކީ ތަމަޅަ ލަވަކިއުންތެރިއެއް ނަމަވެސް އޭނާ ފަހުން ވިދަލާފައިވަނީ ބޮލީވުޑްގައެވެ. އެގޮތުން މަޝްހޫރު ތަރި ސަލްމާން ޚާން ފިލްމީ ދުނިޔެއަށް ތަޢާރަފުވި ފިލްމް ތަކުގައި އޭނާގެ ގިނަ ލަވަތައް ކިޔައިދީފައި ވަނީ އެސް ޕީ ބާލަސުބްރަމާނިޔަމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން