އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު
ކުރީ ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓްރީ 50 މިލިއަނުން ދަރުވާލާފައި ކަމަށާއި އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ސުވާލުކުރަން ލަދުގަންނަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިއަދުގެ މަޖިލީހުގައި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ހިތަދޫގައި ކުރީ ސަރުކާރުން އަޅަން ފަށާފައިވާ މިސްކިތުގެ މަސައްކަތް ކުރި ކުންފުންޏަށް ބަރާބަރަށް ފައިސާ ދީފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތްތައް ނުނިމި ލަސްވެފައިވަނީ ކުރީ ސަރުކާރުން ޤާބިލްކަމެއް ނެތް ކުންފުނިތަކާއި މަސައްކަތް ޙަވާލު ކޮށްފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިނިސްޓަރ ވަނީ މެންބަރުންގެ ކިބައިގައި ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ނުރުހުންވެ ހުންނަވައި ތަޅުމުގައި ވާހަކަފުޅު ދައްކަވާފައެވެ.

"50 މިލިއަން ދަރުވާލާފައި ދިޔައީ، ލަދު ގަންނަން ޖެހޭނެ ސުވާލު ކުރަން." މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އެމްޑީގެ މެންބަރުން މަޖިލީހުގައި އިޙްތިޖާޖު ކުރަން ފެށުމުން މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު