އެމްޑީޕީ ވެރިކަމުގައި އެއްވެސް ޚުތުބާއެއް އިސްލާމިކް މިނިސްޓްރީން ފޮރުވާފައި ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު މިއަދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޒާހިރު މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ރިބާއާ ގުޅޭ ޚުތުބާއަކާއި، ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ޚުތުބާއެއް ލިޔެ، ޝެޑިއުލް ކުރުމަށްފަހު ނުކިޔާ ބޭއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވުމާ ގުޅިގެންނެވެ.
ޑރ. ޝަހީމްގެ ތުހުމަތު ދޮގު ކުރަށްވަމުން ޑރ. ޒާހިރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން އެއްވެސް ބޭފުޅަކު ލިޔުއްވި އެެއްވެސް ޙުތުބާއެއް ފޮރުވާފައި ނުވާނެ ކަމަށެވެ.
"އެއީ ރަނގަޅު ވާހަކައެއް ނޫން. ވަކި މައުޟޫއެއް ވަކިމީހަކު ލިޔުނު އެއްޗަކަށް ވީތީއެއް ނޯންނާނެ ނުކިޔާ. އަދި އެއްވެސް ބޭފުޅަކު ލިޔުއްވި ޙުތުބާއެއް ފޮރުވާފައި ނުހުންނާނެ." ޑރ. ޒާހިރު ވިދާޅުވެފައިވެއެވެ.
ޑރ. ޒާހިރު މިހެން ވިދާޅުވެފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ދެ ޚުތުބާ ނުކިޔާ ގޮތަށް ނިންމައި ފޮރުވި ކަމަށާއި، އެޚުތުބާތައް ފޮރުވައިފައި އޮއްވައި މި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި މި 2 ހުތުބާ ކިޔައިފައިވާ ކަމަށެވެ.
"މީގެ ތެރެއިން އެއް ޚުތުބާ ލިޔުއްވީ އުސްތާޒު އިބްރާހީމް ރަޝީދު މޫސާ، އަނެއް ޚުތުބާ ލިޔުއްވި ބޭފުޅަކު އަޅުގަނޑު ސީދާ މިވަގުތު ހަނދާނެއް ނެތް." ޑރ. ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ، ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވަން ނުވާނެ ކަަމަށާއި، ހުތުބާތައް އިއްވަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު