ރައްޔިތުންނަށް ކާމިޔާބު ލިބޭނީ ރައްޔިތުންނަށްޓަކައި ވަކާލާތުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ހިތްވަރާއެކު އެކަން ކުރުމުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި ވަނީ ޕެންޝަން އޮފީހުގެ ބޯޑު މެންބަރު ކަމުން އަޙްމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އަމްރުގެ ޕޯސްޓުގައި ވަނީ ސަރުވާޝް އޭނާގެ އުސޫލުތަކާއި ތެދުވެރިކަމުގައި ސާބިތުވެ ހުރުމަށް ނިންމި ނިންމުމަށް ތައުރީފްކުރައްވާފައެވެ.
އަދި ރައީސް މުޢިއްޒުގެ ބޭއަދަބީގޮތްތަކުގެ ސަބަބުން އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން ދިމާވާ ދަތިތަކާ ކުރިމަތިލާންޖެހޭ ޕެންޝަން އޮފީހުގެ ބޯޑާއި، އެހެން އެންމެންނަށްވެސް އަމްރު ގޮވާލެއްވީ ރައީސް މުއިއްޒުގެ ޝައްކުވެރި ނިންމުންތަކަށް އެއްބާރުލުން ނުދިނުމަށެވެ.
"ކަންބޮޑުވުން ހުރިނަމަ އެކަން ފާޅުކުރޭ، ޖަވާބުދާރީވުމަށާއި ޙިކުމަތްތެރި ސިޔާސަތުތަކަށް ގޮވާލާ،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ރައްޔިތުންނަށްޓަކައި ވަކާލާތުކުރުމުގެ ބާރު ލިބިފައިވާ މީހުން ހިތްވަރާއި އަޚްލާޤީ ހަރުދަނާކަމާއެކު އެކަން ކުރަމުންދާހާ ހިނދަކު ރައްޔިތުންނަށް ކާމިޔާބު ލިބޭނެ ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް އިސްތިއުފާދެއްވާފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާއެކު ހިންގަން ރާވައިފައިވާ ފައިސާގެ މުއާމަލާތާ ގުޅިގެންނެވެ.
އިސްތިއުފާ ދެއްވަމުން ޝަރްވަޝް ވިދާޅުވީ އެމްއެމްއޭ އިން އިންޖެކްޓް ކޮށްގެން ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއް ގަތުމުގެ މުއާމަލާތުގައި ސީރިއަސް ކަންބޮޑުވުން އެބަހުރި ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއްކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު