އައްޑޫސިޓީ ކައުންސިލުން ވަކިނުވުމަށް ފޭދޫ ރައްޔިތުން ނިންމީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި، ބައިވެރިވި ފޭދޫގެ 1782 މީހުންް ވޯޓުދިނީ ސިޓީ ކައުންސިލާއެކު ދެމި ތިބުމަށެވެ. އަދި ސިޓީކައުންސިލުން ވަކިވުމަށް ވޯޓު ދީފައިވަނީ، 615 މީހުންނެވެ.
އެކަމާ ގުޅިގެން އަޒާން ވިދާޅުވީ، އްޑޫ ސިޓީގެ ފޭދޫ ރައްޔިތުންގެ ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން އައްޑޫ ސިޓީ ކައުންސިލުން ވަކިނުވުމަށް ނިންމި ނިންމުމަށް ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވާ ކަމަށެވެ.
"އަދި މިއަދު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ވަކި ކައުންސިލްތައް އުފައްދަން ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމި ނިންމުމަށް ވެސް މަރުޙަބާ." އަޒާން ވިދާޅުވެފައިވެއެވެ.
މިއަދުގެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ހުޅުދޫ އާއި މީދޫ ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ އަޣުލަބިއްޔަތު ރައްޔިތުން ވޯޓު ދީފައެއް ނުވެއެވެ. އެގޮތުން މީދޫ އައްޑޫ ސިޓީން ވަކިވުމަށް ނެގި ވޯޓުގައި ބައިވެރިވީ 42.80 އިންސައްތަ ރައްޔިތުންނެވެ. އަދި ހުޅުދޫގެ ވޯޓުގައި ބައިވެރިވެފައިވަނީ، 37.32 އިންސައްތަ ރައްޔިތުންނެވެ.
އޭގެތެރެއިން މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓުލާފައިވާއިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު