އައްޑޫގައި އިއްޔެ ނެގި ރެފަރެންޑަމް ވޯޓަށް ތަރުޙީބު ކުޑަކަމަށް ބުނާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، (އައްދު) ރައްދު ދެއްވައިފިއެވެ.
އިއްޔެގެ އިންތިޚާބުގައި 50 އިންސައްތަ މީހުން ވޯޓު ލާފައި ނުވާތީ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން އައްދު ވިދާޅުވީ، އައްޑޫ ރެފަރަންޑަމް ވޯޓަށް އުންމީދު ކުރިވަރުގެ ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ވޯޓްލީ ނިސްބަތް ދަށްވީ ރިޒޯޓްތަކާއި، ރަށްރަށުގައި ތިބި ދާއިރާ ރައްޔިތުންނަށް ވޯޓު ނުލެވުމާއި، ރަޖިސްޓްރީގެ މައްސަލަތަކާއި، ދަތުރުފަތުރު ނެތުން ފަދަ އެތަށް ދަތިކަމެއް ދިމާވެގެންކަން އައްދު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު އައްދު ވިދާޅުވީ، އައްޑޫ މީދޫ ރައްޔިތުން ބޭނުންވަނީ ރަށު ކައުންސިލެއް ކަމަށާއި، އެހެންކަމުން މީދޫގެ 100 ޕަސެންޓް ރައްޔިތުން ވޯޓް ދިން ނަމަވެސް މީދޫގެ ޖުމްލަ ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.
އޭގެއިތުރުން ތަފާސްހިސާބުގެ އަލީގައި އައްދުވަނީ ފާޑުކިޔާ ފަރާތްތަކަށް ވަރުގަދަ ރައްދެއްވެސް ދެއްވާފައެވެ.
"މާލޭ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވީ، ވޯޓު ދިނުމުގެ ހައްގުލިބިގެންވާ 54680 މީހުންގެ ތެރެއިން 7621 މީހުން ވޯޓް ދީގެން. ވޯޓްލުމުގެ އާބާދީގެ 13 ޕަސެންޓުން މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވިއިރު، މިދެންނެވި އިންތިހާބުގައި ވޯޓްލީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 31 ޕަސެންޓު މީހުން. އައްޑޫ ހުޅުދޫގައި ކައުންސިލަރަކު އައްޔަންވީ ރައްޔިތުން އިންތިހާބެއްގައި ބައިވެރިވެސް ނުވެ." އައްދު ވިދާޅުވެފައިވެއެވެ.
އައްދު މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި އިއްޔެ ނެގި ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ހުޅުދޫ އާއި މީދޫ ވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ އަޣުލަބިއްޔަތު ރައްޔިތުން ވޯޓު ދީފައެއް ނުވެއެވެ. އެގޮތުން މީދޫ އައްޑޫ ސިޓީން ވަކިވުމަށް ނެގި ވޯޓުގައި ބައިވެރިވީ 42.80 އިންސައްތަ ރައްޔިތުންނެވެ. އަދި ހުޅުދޫގެ ވޯޓުގައި ބައިވެރިވެފައިވަނީ، 37.32 އިންސައްތަ ރައްޔިތުންނެވެ.
އޭގެތެރެއިން މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓުލާފައިވާއިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދީފައިވެއެވެ.
ނަމަވެސް ފޭދޫގެ ރައްޔިތުން އިދާރީ ގޮތުން ސިޓީ ކައުންސިލާއި ވަކިނުވުމަށް ނިންމި ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 55.43 އިންސައްތަ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މާލޭ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވީ، ވޯޓު ދިނުމުގެ ހައްގުލިބިގެންވާ 54680 މީހުންގެ ތެރެއިން 7621 މީހުން ވޯޓް ދީގެން. ވޯޓްލުމުގެ އާބާދީގެ 13 ޕަސެންޓުން މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވިއިރު، މިދެންނެވި އިންތިހާބުގައި ވޯޓްލީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ…
— Abdul Rahman (@MpAhdhu) October 26, 2025
އައްދު މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި އިއްޔެ ނެގި ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ހުޅުދޫ އާއި މީދޫ ވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ އަޣުލަބިއްޔަތު ރައްޔިތުން ވޯޓު ދީފައެއް ނުވެއެވެ. އެގޮތުން މީދޫ އައްޑޫ ސިޓީން ވަކިވުމަށް ނެގި ވޯޓުގައި ބައިވެރިވީ 42.80 އިންސައްތަ ރައްޔިތުންނެވެ. އަދި ހުޅުދޫގެ ވޯޓުގައި ބައިވެރިވެފައިވަނީ، 37.32 އިންސައްތަ ރައްޔިތުންނެވެ.
އޭގެތެރެއިން މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓުލާފައިވާއިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދީފައިވެއެވެ.
ނަމަވެސް ފޭދޫގެ ރައްޔިތުން އިދާރީ ގޮތުން ސިޓީ ކައުންސިލާއި ވަކިނުވުމަށް ނިންމި ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 55.43 އިންސައްތަ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު