މަރްޔަމް ނަހްދާ ވަޙީދު   26 އޮކްޓޯބަރު 2025 - 20:9
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެންބަރުކަމުގެ މަޤާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު 4 ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

އެގޮތުން އެންއައިސީ އަށް ރައީސް އައްޔަނު ކުރެއްވު 4 ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން، ދަފްތަރު. ނަންބަރު ރސ 1188 އާއި، އަލްއުސްތާޛު ޝިފާޒު ޢަލީ، ދަފްތަރު. ނަންބަރު ރސ 12854 އާއި، ޢަލީ މުޙައްމަދުމަނިކު، ދަފްތަރު. ނަންބަރު ރސ 1851 ގެ އިތުރުން، ފާޠިމަތު ޝަރީފް، ގދ. ތިނަދޫ/މާކޯޅި، އެވެ.

ރައީސް އޮފީހުން ބުނީ މި ބޭފުޅުން ޢައްޔަންކުރެއްވީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެމަތީން ކަމަށެވެ.

އެންއައިސީއަށް 4 މެމްބަރަކު އައްޔަނުކޮށްފައި މިވަނީ އެ ކޮމިޝަންގެ 4 މެމްބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެންއައިސީ އަކީ ރާއްޖޭގެ ގާނޫނުތައް ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކުގައި އަޅާނެ ފިޔަވަޅުތަކުގެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިގެންވާ މުސްތަޤިއްލު މުއައްސަސާއެކެވެ.

މި ކޮމިޝަން އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި، އިތުބާރު އާލާކުރުމެވެ. މި ކޮމިޝަން އެކުލެވިގެން ވަނީ ޖުމްލަ 5 މެމްބަރެއްގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު