ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމުގެ މަޤާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެމްބަރަކު އައްޔަނުކުރައްވައިފިއެވެ.
އެ މަޤާމަށް ރައީސް އައްޔަނުކުރެއްވީ އެކޮމިޝަނުގެ މެންބަރު، ދަފްތަރު ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު އެވެ. މިއީ ޝުޢައިބު މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ.
އެންއައިސީގެ ރައީސްކަމަށް ޝުއައިބު އައްޔަނުކުރައްވާފައި ވަނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ.
މި ކޮމިޝަނަކީ ރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު