ސަރުކާރުން ބަޖެޓުން ބޭރުން 5000 ފުލެޓް އެޅޭނެހާ ފައިސާ އިސްރާފު ކޮށްފައިވާ ކަމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެބައްދަލުވުމުގައި ޑރ. ޝަމްހީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ފެށި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް، ނިންމުމަށް ބަޔަކު އުޅުނުނަމަ މިހާރު ހުންނާނީ ނިމިފައި ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެކަމާ އުޅެން ބޭނުން ނުވާކަމަށާއި، ހުރިހާ ފޯކަސްއެއް އޮތީ އަމިއްލައަށް ކުރަން ބޭނުންވާ އާކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް މާލެ ސަރަހައްދުގެ 3000 ހައުސިންގ ޔުނިޓް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ވަޢުދުވި ނަމަވެސް، 3000 ނުވަތަ 4000 ހައުސިންގ ޔުނިޓަކީ ގާތްގަނޑަކަށް 200 ނުވަތަ 250 މިލިއަން ޑޮލަރުގެ މަސައްކަތެއްކަން ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގެ 56 ބިލިއަން ރުފިޔާ ހުސްވެ، މި އަހަރު މިހާތަނަށް ދިޔައިރު ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާ ހޭދަވަމުންދާއިރު، ސަރުކާރުން ކުރީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. މިދިޔަ އަހަރު ބަޖެޓުން ބޭރުން ކުންފުނިތަކަށް ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، އެއީ ކީއްކުރަން ކުރި ފައިސާއެއްކަން އެނގޭ އެއްވެސް މީހަކު ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އަދި، މި އަހަރު މިހާތަނަށް ކުންފުނިތަކަށް ބަޖެޓުން ބޭރުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، މިލިޓަރީ އިކުއިޕްމަންޓް ގަތުމަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މި ހިސާބުތަކަށް ބަލާއިރު، 4000 ފުލެޓް ނުވަތަ އިތުރު 5000 ފުލެޓް އެޅޭހައި ފައިސާ ވެސް ބަޖެޓުން ބޭރުން މިފަދަ ބޭކާރު ކަންތައްތަކަށް އިސްރާފުވެ ނިމިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އެއަރޕޯޓުގައި ބޭއްވި ފަޔަރވޯކް ސަރަހައްދު ފަދަ އިސްރާފު ހޭދަތައް ވެސް ހިމެނޭ ކަން ޑރ.ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.
"ބަޖެޓުން ބޭރުން އެއްވެސް ގޮތަކަށް ވާއެއްނުވާއެއް ނޭނގޭ ގޮތަކަށް ޚަރަދު ނިމިއްޖެ. އެހެންވީމާ ހަމަ ހަގީގަތު ވެސް އަޅުގަނޑުމެން ބުނަން މިޖެހެނީ މި ސަރުކާރުގެ ނެތޭ މިކަން ކުރުމުގެ އެއްވެސް ކަހަލަ ރަނގަޅު ނިޔަތެއް ކަން. ކަން ކުރަން ބޭނުންވާ ނަމަ ހުޅުމާލެ މިހާރު ހިއްކާ ނިންމާފަތާ އަޅުގަނޑުމެން ފަށަން ޖެހޭނީ އާ މަޝްރޫޢެއް،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ ދެތިން ކަމެއް ހިމެނޭ ކަމަށް ފާހަގަކުރަށްވައި ޑރ. ޝަމްހީދު ވިދާޅުވީ، ވަޢުދުވި ހުރިހާ ގޯއްޗެއް ހިއްކާފައި ހަވާލުކުރުމާއި، އެއް ބިލިއަން ރުފިޔާ 5 ޕަސެންޓު އިންޓްރެސްޓުގައި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ލޯނު ފެށުމާއި، 1.8 ބިލިއަން ރުފިޔާގެ އާ ޕީއެސްއައިޕީ މަޝްރޫޢުތައް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ވެސް ވަޢުދުވެފައިވާ ކަމަށެވެ. ނަމަވެސް، މި އަހަރުގެ މި ހިސާބަށް އައިއިރު، ހުޅުމާލޭގެ އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ނުނިމޭ ކަމަށާއި، ގުޅީފަޅު ވެސް އޮތީ އޮތް ގޮތަށް ކަމަށާއި، ގިރާވަރުން ދޫކުރާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރާތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝަމްޙީދު ފާހަގަކުރެއްވި ގޮތުގައި، 1.8 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫޢުތަކުން މި އޮކްޓޫބަރު މަހާ ހަމައަށް ހޭދަކޮށްފައިވަނީ ހަމައެކަނި 160 މިލިއަން ރުފިޔާއެވެ. އޭގެ މާނައަކީ ވަޢުދުވި ކޮންމެ 100 ރުފިޔާއިން މިހާތަނަށް ހޭދަކޮށްފައިވަނީ އެންމެ 8 ރުފިޔާ ކަމަށް ވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އަދި، އެއް ބިލިއަން ރުފިޔާގެ ގެދޮރުވެރިކަމުގެ ލޯނު ލިބުނު މީހަކު މިހާތަނަށް ނެތް ކަމަށާއި، މި އަހަރު ނިމިގެންދިޔައިރު ގެދޮރުވެރިކަމުގެ އެއްވެސް ކަމެއް ހާސިލުނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، ވަޢުދު ފުއްދާނަމަ ރައްޔިތުން މަގުތަކަށް ނުކުންނާކަށް ނުޖެހޭނެ ކަމަށާއި، މި ސަރުކާރުގެ ވާހަކަތަކާއި ޢަމަލުތަކާ ދިމާ ނުވާކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ނުފުއްދުމުގެ ސަބަބުން ރައްޔިތުން ނުކުންނަން ޝަމްހީދު ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންނަށް އެނގިގެން މިދަނީ ގުޅީފަޅުން ގިރާވަރު ފަޅުން ގޯތި ލިބުނު ބޭފުޅުންނަށް އެއްވެސް ކަހަލަ އަހަމިއްޔަތު ކަމެއް މި ސަރުކާރަކުން ނުދޭކަން. ހަމަ ހުރިހާ ކަމެއް މިއޮތީ ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ފުށިދިއްގަރަށް ހޭދަކުރުން. އެހެންވީމާ އަޅުގަނޑުމެން އެދެނީ ރައްޔިތުން މި ސަރުކާރުން ކުރާ ކަންތައްތަކަށް ރަނގަޅަށް ފާރަވެރިވެ އަޅުގަނޑުމެން މިހިންގާ ހަރަކާތްތަކުގައި ބައިވެރިވުން ސަރުކާރަށް މެސެޖެއް ދީގެން ނޫނީ މީގެ އެއްވެސް ކަމެއް ވާނެ ތަނެއް ނެތް." ޑރ. ޝަމްހީދު ރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު