ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު
ވިޔަފާރިތައް ފުނޑި ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށާއި، ރައްޔިތުންގެ ބާރު ބޭނުން ކުރަން ޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ސަޢުދު ވިދާޅުވީ، ދިވެހި ތާރީހުގައިވެސް މިގައުމު ނުވެއްޓޭ ފަދަ ދަތި އުނދަގޫ ދުވަސްތަކެއް މިއަދު ގުނަމުންދާ ކަމަށެވެ. އެގޮތުން މިއަދު ވިޔަފާރިތައް ފުނޑިފައިވާ ކަމަށާއި، ރައްޔިތުން ގޮތްހުސްވެފައިވާ ކަމަށް ސަޢުދު ވިދާޅުވެފައިވެއެވެ.

"ނަމަވެސް ވެރިކަމުގައި ހުރިމީހާ ހަމަ އެނގޭ ކަމަކަށްވެސް ނުހަދާ ދަނީ ރައްޔިތުންނަށް އޮލުވާލަމުން." ސަޢުދު ވިދާޅުވިއެވެ.

ހަމައެއާއެކު ސަޢުދު ވަނީ މިހާރުގެ ޙާލަތަށް ބަލާއިރު މިއީ ރައްޔިތުންގެ ބާރު ބޭނުން ކުރަން ޖެހޭ ޙާލަތުކަމަށްވެސް ވިދާޅުވެފައެވެ.



ސަޢުދު މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ބައެއް މަޝްރޫޢުތައް ވާދަވެރި ބީލަމަކަށް ހުޅުވައިނުލައި، ސަރުކާރުން ބޭނުންވާ ފަރާތަކަށް ސީދާ ދެވޭ ގޮތަށް، ދައުލަތުގެ މާލިއްޔަތު ގަވައިދަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފައެވެ.

މިގޮތަށް ޤަވާއިދު އިސްލާޙު ކޮށްފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް ހަވާލު ކުރަމުން އައިސްފައިވަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު