ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ނިމުން ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ނިމުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
ހަމައެއާއެކު މިދިޔަ ވެރިކަން ނުނިމުނުނަމަ ރާއްޖެ މިއަދު އޮންނާނެ ހިސާބެއް ތަސައްވަރުވެސް ނުކުރެވޭ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ނިމުން. އެއީ ވަރަށް ބޮޑު ނަސީބެއް ދިވެހި ރައްޔިތުންނަށް ލިބުނު. ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." ސަޢީދު ވިދާޅުވިއެވެ.
އޭގެއިތުރުން ވަޒީރު ސަޢީދު މިއަދު ވަނީ، އެމްޑީޕީން އިދިކޮޅަށްދާ ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސާދު ހަލާކު ކޮށްލަން މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތު ކުރަށްވާފައެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރު ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ފިޗުން އަންނަ އަހަރު ރާއްޖޭގެ ޖީ.ޑީ.ޕީ 6 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ "ސީސީ" ގައި ވަނީ ދަމަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު