މި ޤައުމުގައި ވާހަކަ ދައްކައިގެންވެސް ކަމުނުދާ ކަމަށާއި، ބަހެއް ނުބުނެ ހިމޭނުން ހުއްޓަސް ސަލާމަތެއް ނެތް ކަމަށް މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާމެދު މީސްމީޑިއާގައި ފަންނީ ގޮތެއްގައި މަޖާޒީކޮށް ޢާއްމުކޮށް ބަސް ވިދާޅުވާ ނަސީމް މިއަދު ވަނީ އޭނާގެ އިޙްސާސްތައް މީސްމީޑިއާއަށް ބަންޑުން ކޮށްލަށްވާފައެވެ.
އެގޮތުން ނަސީމް ވިދާޅުވީ، މިރާއްޖޭގައި ތެދުބަހުން ވާހަކަ ދައްކައިފިނަމަ ލޭބަލް ކުރަނީ ސަރުކާރާ ދެކޮޅު ފިކުރުގެ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ސީދާ ތެދު ބަހުން ވާހަކަ ނުދައްކައިފިނަމަ މުނާފިގަކަށް ހަދާ ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.
"ތެދުބުނެފިއްޔާ ވެރިން ކޯފާވެއެވެ. ވަޒީފާއެއް ނުދެއެވެ. ތެދު(ނު)ބުނެފިއްޔާ ގޮތެއްނެތް މީހެއްގެ ލޭބަލް ޖަހައެވެ. ވާހަކަ ދެއްކިޔަސް ބަހެއްނުބުނެހިމޭނުން ހުއްޓަސް ސަލާމަތެއްނެތެވެ!" ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތާމެދު ތަކުރާރުކޮށް އޭނާ ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރަށްވަމުންނެވެ. އެގޮތުން ރާއްޖެއަށް ދިމާވެގެން އުޅޭ މައްސަަލައަކީ ދައުލަތުގެ ދަރަނީގެ ޙާލަތު އޮތްގޮތުން ބޭރުގެ އެހީ އާއި ބޭރުން ދަރަންޏަށްވެސް ލާރިލިބޭނެ ގޮތެއް ނެތުން ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި، ޖުމްލަ 127.8 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެއާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން، ދަރަނީގެ ނިސްބަތް ވަނީ 104 ޕަސެންޓުން، 106 ޕަސެންޓަށް އިތުރުވެފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ. އެމްއެމްއޭއިން ބުނީ ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރުން ދަރަނި ނެގުމަށްވުރެ ބޮޑަށް، ރާއްޖޭގެ އެތެރެއިން ދަރަނި ނެގުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު