ރާއްޖެ މިހާރު ބޭހަށް ޖެހެމުންދާ ކަމަށާއި، ދެން ލިބޭނީ ވަގަށް ބޭސް އެތެރެވަމުންދާ ކަމުގެ ޚަބަރު ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި ވާއިރު، ސިނިގިރޭޓުުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 2 ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ޑޮލަރު ލިބުން ތާށިވެ، 20 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރާފައި ވަނިކޮށް، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤައުމީ ބޭންކުގެ ޑޮލަރު ސޫޓްކޭހެއް ފޭރިގަނެގެން ވަގުން އިއްޔެ ވަނީ ފިލާފައެވެ.
އެކަންކަމާމެދު ކަންބޮޑުވުން ފާޅު ކުރަށްވަމުން އަމްރު މިއަދު ވިދާޅުވީ، ފެންނަމުން މިދަނީ، ސިނގިރޭޓާއި ޑޮލަރަށް ޤައުމު ޖެހިފަ އޮތް މަންޒަރު ކަމަށެވެ. އަދި މިހާރު މަޑުމަޑުން ބޭހަށް ޖެހެމުންދާ ކަމަށްވެސް އަމްރު ވިދާޅުވެފައިވެއެވެ.
"ބޭހަށް ޖެހިއްޖެ. ދެން ޚަބަރު ލިބޭނީ ވަގަށް ބޭސް އެތެރެވަމުންދާކަން." ކަންބޮޑުވުން ފާޅު ކުރަށްވަމުން އަމްރު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން އަމްރު ވަނީ ރައީސް މުޢިއްޒުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ޤައުމަށް ލިބޭ ފައިދާއަށްވުރެ ވަމުންދާ ގެއްލުން ބޮޑުކަމަށްވެސް ވިދާޅުވެފައެވެ.
"އަގުބޮޑުކޮށް ލިބޭ ސިނގިރޭޓާ ދުރުވީ، ވަގަށް ސިނގިރޭޓު އެތެރެކުރުމާ ގާތްވީ، ފޭކު ވަގު ސިނގިރޭޓު ބުއިމާ ގާތްވީ، ނޫސްކަރުދާހުގެ ބިޑި ބިޑި ބުއިމާ ގާތްވީ، މަގުމަތިން ބަޓު ހޮވާ މީހުން އިތުރުވީ، މީހުންގެ އަތްމަތި ހުސްވީ، ސަރުކާރަށް ވަންނަ ޑިއުޓީ މަދުވީ." އަމްރު ވިދާޅުވިއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް ރައީސް ވަނީ އުފައްދަވާފައެވެ. މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ބޭސް ނުލިބޭ މައްސަލާގައި ޢަމްރު ކަންބޮޑުވުން ފާޅު ކުރަށްވާފައިވާއިރު، ބޮޑެތި ބަލިތަކަށް ބޭނުންވާ ބައެއް ބޭސްތައް ރާއްޖޭން މިހާރު ނުލިބޭ ކަމުގެ ޝަކުވާ ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ކުރަމުންނެވެ.

ސިނގިރޭޓާ ޑޮލަރަށް ޤައުމު ޖެހިފަ އޮތްތަން ފެންނަމުންދަނީ.
— Amr 🎈 (@HusenAmr) October 28, 2025
ބޭހަށް ޖެހިއްޖެ.
ދެން ޚަބަރު ލިބޭނީ ވަގަށް ބޭސް އެތެރެވަމުންދާކަން.
އޭގެއިތުރުން އަމްރު ވަނީ ރައީސް މުޢިއްޒުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ޤައުމަށް ލިބޭ ފައިދާއަށްވުރެ ވަމުންދާ ގެއްލުން ބޮޑުކަމަށްވެސް ވިދާޅުވެފައެވެ.
"އަގުބޮޑުކޮށް ލިބޭ ސިނގިރޭޓާ ދުރުވީ، ވަގަށް ސިނގިރޭޓު އެތެރެކުރުމާ ގާތްވީ، ފޭކު ވަގު ސިނގިރޭޓު ބުއިމާ ގާތްވީ، ނޫސްކަރުދާހުގެ ބިޑި ބިޑި ބުއިމާ ގާތްވީ، މަގުމަތިން ބަޓު ހޮވާ މީހުން އިތުރުވީ، މީހުންގެ އަތްމަތި ހުސްވީ، ސަރުކާރަށް ވަންނަ ޑިއުޓީ މަދުވީ." އަމްރު ވިދާޅުވިއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް ރައީސް ވަނީ އުފައްދަވާފައެވެ. މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ބޭސް ނުލިބޭ މައްސަލާގައި ޢަމްރު ކަންބޮޑުވުން ފާޅު ކުރަށްވާފައިވާއިރު، ބޮޑެތި ބަލިތަކަށް ބޭނުންވާ ބައެއް ބޭސްތައް ރާއްޖޭން މިހާރު ނުލިބޭ ކަމުގެ ޝަކުވާ ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު