ހުސްގޮނޑި ދައްކައިގެން ވެރިކަން ހޯދައިގެން ރައްޔިތުންނަށްވީ ޚިޔާނާތް ކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ރޭ އެއްވަގުތެއްގައި ކުރިއަށްދިޔަ ރައީސް ޔާމީންގެ ޖަލްސާ އާއި، ރައީސް މުޢިއްޒުގެ ޖަލްސާ މީސްމީޑިއާ މެދުވެރިކޮށް ބަލާފައިވާ މީހުންގެ ތަފާސްހިސާބު މީސްމިޑިއާގައި ޙިއްސާކުރަށްވައި ކޮށްފައިވާ ޓްވީޓެއްގައެވެ.
އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، މިސަރުކާރުން ވެރިކަމަށް އައިސްފައިވަނީ، ރައީސް ޔާމީނުގެ ތަރަައްގީއާ އެމަނކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ކުރުމަށް ވަޢުދުވެ ހުސްގޮނޑި ދައްކައިގެން ކަމަށެވެ. ނަމަވެސް އެގޮތަށް ވެރިކަން ހޯދައިގެން ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ޚިޔާނާތްތެރިވީކަން ރައްޔިތުން މިއަދު ގަބޫލްކުރާ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"ވެރިކަމަށް މުއިއްޒު އައީވެސް. ރައީސް ޔާމީނާ ކައިރިކުރާވަރުގެވެސް ގާބިލްކަމެއް ނެތްކަން ގަބޫލްކޮށްގެން. މިއަދު، މުއިއްޒު މާނަ ކުރާ މަޝްރޫޢުތަކަކީ ރައްޔިތުން ކުރިމަތީ ޖޯކެއް. މުއިއްޒު އޭޓިއެމް މެޝިންކޮޅަކާ މަގުކޮންނަ ކުޑަ ހައިމާކާއިއެކު ރަށްރަށަށް ދިއުމުން ފެންނަނީ ތަޞައްރަފު ނުފުދޭކަން." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، ޑރ. މުއިއްޒުގެ ޓީމުގައި ތިބީ ފެންވަރެއް ތަޢްލީމެއް ނެތް ބައެއް ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ހުނަރެއް ހުރި ލީޑަރެއް ނޫން ކަމަށާއި، ރޭވެސް ފެނިގެން ދިޔައީ ލީޑަރުންނާއި، ޗާންސަކުން ވެރިކަމަށް އާދެވޭ މީހުންގެ ތަފާތު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ތަންދޮރު ނޭނގޭ ބޮޓުންނާއި، ނުކިޔަވާހުރި ފަލާހާއި، ޝުޖާއުމެން މަރުފަލިޖެހިއަސް ދެނެއް މުއިއްޒެއް ނުވިއްކޭނެ. ދެން ހުސްގޮނޑީގެ ޖާދޫވެސް ނުދެއްކޭނެ! އެއްކަމެއް ނުވެ ދޮގުހަދާތާ ދެއަހަރުމިވީ. ގައުމު ދިޔައީ ފަހަތަށް. ވަގުތު ނެތޭ، ވަގުތު ނެތޭ!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ޙިއްސާ ކުރަށްވާފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން ރޭ ރައީސް ޔާމީންގެ ޖަލްސާ 30 ހާސް މީހުން ބަލާފައިވާއިރު، ރައީސް މުޢިއްޒުގެ ޖަލްސާ ބަލާފައިވަނީ 900 އެއްހާ މީހުންނެވެ.

ތިމަންނަ މިއަންނަނީ ރ. ޔާމީނުގެ ތަރަައްގީއާ އެމަނކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ކުރަންށޭ ކިޔާ ހުސްގޮނޑި ދައްކާ ވެރިކަން ހޯދާ މުއިއްޒު ރައްޔިތުންނަށް ޚިޔާނާތްތެރިވިކަން މިއަދު ރައްޔިތުން ގަބޫލް އެބަކުރޭ.
— Mohamed Jameel Ahmed (@MJameelAhmed) October 28, 2025
ވެރިކަމަށް މުއިއްޒު އައީވެސް. ރ. ޔާމީނާ ކައިރިކުރާވަރުގެވެސް… pic.twitter.com/BEjoTHxprK
ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، ޑރ. މުއިއްޒުގެ ޓީމުގައި ތިބީ ފެންވަރެއް ތަޢްލީމެއް ނެތް ބައެއް ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ހުނަރެއް ހުރި ލީޑަރެއް ނޫން ކަމަށާއި، ރޭވެސް ފެނިގެން ދިޔައީ ލީޑަރުންނާއި، ޗާންސަކުން ވެރިކަމަށް އާދެވޭ މީހުންގެ ތަފާތު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ތަންދޮރު ނޭނގޭ ބޮޓުންނާއި، ނުކިޔަވާހުރި ފަލާހާއި، ޝުޖާއުމެން މަރުފަލިޖެހިއަސް ދެނެއް މުއިއްޒެއް ނުވިއްކޭނެ. ދެން ހުސްގޮނޑީގެ ޖާދޫވެސް ނުދެއްކޭނެ! އެއްކަމެއް ނުވެ ދޮގުހަދާތާ ދެއަހަރުމިވީ. ގައުމު ދިޔައީ ފަހަތަށް. ވަގުތު ނެތޭ، ވަގުތު ނެތޭ!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ޙިއްސާ ކުރަށްވާފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން ރޭ ރައީސް ޔާމީންގެ ޖަލްސާ 30 ހާސް މީހުން ބަލާފައިވާއިރު، ރައީސް މުޢިއްޒުގެ ޖަލްސާ ބަލާފައިވަނީ 900 އެއްހާ މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު