ޑްރޯންއާއި ބަރުހަތިޔާރަށް ބޭކާރު ޚަރަދު ކުރާއިރު ދައުލަތުގެ މައި ދެ ދޮރާށި ނުބެލެހެއްޓުމަކީ ކަންބޮޑުވުމެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް ޖަމާލް މިހެން ވިދާޅުވެފައިވާއިރު، ސިނިގިރޭޓުުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 2 ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ޑޮލަރު ލިބުން ތާށިވެ، 20 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރާފައި ވަނިކޮށް، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤައުމީ ބޭންކުގެ ޑޮލަރު ސޫޓްކޭހެއް ފޭރިގަނެގެން ވަގުން އިއްޔެ ވަނީ ފިލާފައެވެ.
އެކަމާ ގުޅިގެން ޝައިޚް އިލްޔާސް ވިދާޅުވީ، ދައުލަތުގެ މައި ދެ ދޮރާއްޓަށް އެއްވެސް ރައްކާތެރިކަމެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޤައުމީ ދިފާޢީ ބާރަށް ދަޢުލަތުގެ މާލިއްޔާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރާއިރު، ޤައުމުގެ މައި ދެ ދޮރާށި ރައްކާތެރި ކުރުމުގެ ޤާބިލުކަމެއް ނެތީތޯ އިލްޔާސް ވަނީ ސުވާލު ކުރަށްވާފައެވެ.
"ޤައުމުގެ ދިފާޢީ ބާރު ވަރުގަދަ ކުރުމުގެ ނަމުގައި ޑްރޯންއާއި މިސޭލާއި ބަރުހަތިޔާރާއި ޓޭންކަރު ގެނެސްގެން މާލިއްޔާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސުންޕާކަން ވިސްނަވާ!" ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.
ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް އިއްޔެ ވަނީ ފޭރިގެންފައެވެ.
އެމައްސަލާގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ކޯޓުން މިހާރުވަނީ 5 ދުވަސް ޖަހާފައެވެ. އެއަރޕޯޓުން ފޭރުމަށްފަހު އެމީހުން ފިލަން ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗު ހޯދައި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކ. ހުރައިންނެވެ.
އޭގެއިތުރުން ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ ވިޔަފާރިވެރިންނާއި ދަޢުލަތުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު