ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ރުންކުރުކޮށް ޖަވާބުދެއްވުމުން ކުރީގެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދި, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ތަޅުމަށް ހާޒިރުކުރުމުން، މިނިސްޓަރ ޝަހީމް ދެއްވި ހޫނު ރައްދަކާ ގުޅިގެން އެދުވަހު އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. އަދި މިއަދުގެ ޖަލްސާގައި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ސައީދު ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މެމްބަރުންގެ ގިނަ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުވެސް ދެއްވާފައެއް ނުވެއެވެ.
މިކަންކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ އޭނާ މަޖިލީހުގައި ހޭދަކުރެއްވި ހަތަރު ދައުރުގައި ވެސް ވަޒީރުން ރުންކުރުކޮށް މަޖިލީހުގައި ޖަވާބުދެއްވާ މަންޒަރު ފެނިވަޑައިގެންފައިނުވާ ކަމަށެވެ.
ކޮންމެ ޕާޓީއެއް އިދިކޮޅުގައި އޮތް ކަމުގައިވީ ނަމަވެސް އަބަދުވެސް ހުރިހާ ޕާޓީތަކަކުން، މަޖިލީހުގައި އެމީހުންގެ އަޑު އިއްވަން އެކިގޮތްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެހެންނަމަވެސް މި ފަހުން އިސްލާމިކް މިނިސްޓަރ އަދި މިއަދު އިކޮނޮމިކް މިނިސްޓަރު، ސުވާލުގެ ވަގުތު މެންބަރުންނާ ރުންކުރުކޮށް މުއާމަލާތް ކުރެއްވިކަން ފެނިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިއީ ކުރިން ފެނިފައިނުވާ މަންޒަރެއްކަން ފާހަގަ ކުރަށްވަމުން މާރިޔާ ވިދާޅުވީ މި މަންޒަރު އާންމު ކަމަކަށް ނުވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެމްޑީޕީން އަލުން ވެރިކަމަށް އައުމަށްފަހު މި މަންޒަރު އާންމު ކަމަކަށް ނުވާނެ ކަމަށް އުންމީދުކުރަށްވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު