މިފެންނަނީ ހުންގާނުގައި ހުރި މީހާއަށް އޮޔަށް ދަމާނެ މިންވަރު ވަޒަންކުރަން ނޭނގުމުގެ ނަތީޖާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވީ، މިހާރު ސިނގިރޭޓާއި ވޭޕު އެތެރެކުރަނީ ވަގަށް ކަމަށާއި، އެހެންކަމުން ދަޢުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ވަންނަނީ އެހެން ބައެއްގެ ޖީބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނާޒިމަށް ރައްދު ދެއްވަމުން ޢަލީ ޙުސައިން ވަނީ، ހޭރިޔާ ކޮށްފައި އަނބުރާ އަންނައިރު ފުރިތަން އަތުނުވާ ހިސާބަށް ދިޔައީތޯ އައްސަވާފައެވެ.
"ހުންގާނުގައި ހުރި މީހާޔަށް އޮޔަށް ދަމާނެ މިންވަރު ވަޒަންކުރަން ނޭނގުނީމާ ވީގޮތް މީ." ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ.
ޢަލީ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނާޒިމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ސިނގިރޭޓްގެ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރީ ހެޔޮ ނިޔަތުގައި އަދި މަތިވެރި މަޤްސަދެއްގައި ކަމަށެވެ. ނަމަވެސް އެ މަޤްސަދު ޙާސިލުވަމުން ނުދާކަމަށް ނާޒިމް ވިދާޅުވިއެވެ.
"ވަގު ސިނގިރޭޓު ގިނަ ރަނގަޅު ގޮތުގައި ޑިއުޓީ ދައްކައިގެން އެތެރެކުރެވޭ ސިނގިރޭޓަށްވުރެ. ވޭޕް ކަންތައްވެސް އޮތީ އެހެން." ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު ނާޒިމް ވިދާޅުވީ، މީސްމީޑިއާ ގްރޫޕްތަކުގައި ވޭޕްވިއްކުމުގެ ވިޔަފާރި އަދިވެސް ބަރާބަރަށް ހިންގަމުންދާ ކަމަށާއި، އެހެންކަމުން ކަސްޓަމްސްގެ ބެލެހެއްޓުންތެރިކަން މިހާރަށްވުރެ ފުރިހަމަކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ އާމްދަނީއާއި ޓެކްސް ފައިސާ ދަޢުލަތަށް ނުލިބި މިހާރު ލިބެނީ އެހެން ބަޔަކަށް ކަމަށް ނާޒިމް އިއްޔެ ވިދާޅުވެފައިވެއެވެ.
ނާޒިމް މިބީދައިން ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު، ސިނިގިރޭޓުުގެ އަގު އިންތިހާއަށް ބޮޑުވެ، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 2 ކޮންޓޭނަރުގެ ސިނގިރޭޓު ދާދިފަހުން ވަނީ ވަގަށް ނަގާފައެވެ. އަދި ރާއްޖެއަށް ވަގަށް އެތެރެކުރާ ސިނގިރޭޓް އިތުރުވެ ކޮލިޓީ ދަށް ދުންފަތް ބޭނުންކުރުން ދިވެހިންގެ މެދުގައި ދަނީ ޢާއްމު ވަމުންނެވެ.
ހަމައެއާއެކު ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ޑޮލަރުގެ މައްސަލައަށް ޙައްލެއް ނުލިބި، 20 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރާފައި ވަނިކޮށް، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤައުމީ ބޭންކުގެ ޑޮލަރު ސޫޓްކޭހެއް ފޭރިގަނެގެން ވަގުން ފިލާފައިވާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު