ކަނޑާއި ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަކީ ރައީސްގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް ވިދާޅުވެއްޖެއެެވެ.
ޝިފާޒް މިހެން ވިދާޅުވެފައިވާއިރު، ސިނިގިރޭޓުުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 2 ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި ޑޮލަރު ލިބުން ތާށިވެ، 20 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރާފައި ވަނިކޮށް، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤައުމީ ބޭންކުގެ ޑޮލަރު ސޫޓްކޭހެއް ފޭރިގަނެގެން ވަގުން މިދިޔަ ހޯމަ ދުވަހު ވަނީ ފިލާފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން ޝިއްޕެ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ސިފައިންގެ އެންމެމަތީ ވެރިއަކީ ރައީސުލްޖުމުހޫރިއްޔާ ކަމަށް ޤާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސިފައިންގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ސިފައިންނާއި ޙަވާލުކޮށްފައިވާ ކަމަށް ޝިއްޕެ ވިދާޅުވިއެވެ.
"މި ޒިންމާ އަދާކުރުމުގައި ފެއިލްވީ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމުހޫރިއްޔާ." ޝިއްޕެ ވިދާޅުވެފައިވެއެވެ.
ޝިއްޕެ މިހެން ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރުމުގެ ތުހުމަތުގައި 4 މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ.
އޭގެއިތުރުން ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ ވިޔަފާރިވެރިންނާއި ދަޢުލަތުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުންނެވެ.

ސިފައިންގެ އެންމެމަތީ ވެރިއަކީ ރައީސުލްޖުމުހޫރިއްޔާ!
— Mohamed Shifaz (@MDPShippe) October 28, 2025
ސިފައިންގެގާނޫނު👇
’ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން‘
މި ޒިންމާ އަދާކުރުމުގައި ފެއިލްވީ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމުހޫރިއްޔާ @MMuizzu @MNDF_Official https://t.co/ob4WWU88W0 pic.twitter.com/svIFRrt0bD
ޝިއްޕެ މިހެން ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރުމުގެ ތުހުމަތުގައި 4 މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ.
އޭގެއިތުރުން ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ ވިޔަފާރިވެރިންނާއި ދަޢުލަތުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުންނެވެ.
ކިޔުންތެރިންގެ ހިޔާލު