ލަންކާއަށް ދަތުރުކުރާއިރު އީޓީއޭ ފުރަން ޖެހޭގޮތަށް ނިންމި ނިންމުމަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން" ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖެއްސީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެހެންނަމަވެސް އިތުރު ގޮތެއް ނިންމަންދެން މި އުސޫލަށް ވަގުތީގޮތުން އަމަލު ކުރުން ހުއްޓާލާފައިވާކަން ސްރީލަންކާގެ އިމިގްރެޝަނުން ވަނީ މިއަދު ހާމަކޮށްފައެވެ.
އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން އޮތް ގޮތަށް އީޓީއޭގެ ހުރިހާ ޚިދުމަތްތަކާއި ވިސާގެ އުސޫލުތައް، މިހާރު ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ލަންކާގެ އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ދަތުރުވެރިންނަށް ޖޫރިމަނާ، ޖަލު ހުކުމް، ނުވަތަ ޤާނޫނީ މައްސަލަތައް ދިމާވިޔަ ނުދިނުމަށްޓަކައި، ހުރިހާ ފަތުރުވެރިންވެސް ގަވާއިދުތަކަށް ތަބާވުމަށް ހަނދާން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު