ދެކުނު އޭޝިއާއަކީ ދުނިޔޭގައި މީހުން ދިރިއުޅުމުގެ ހަރަދު އެންމެ ދަށް ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. ނަމަވެސް މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު އެއް ގައުމަކީ ދިވެހި ރާއްޖެއެވެ. މިއީ ރާއްޖޭގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ނަމްބިއޯ ފަދަ މަޝްހޫރު ބައިނަލްއަޤްވާމީ ރިސާޗް ޕްލެޓްފޯމުތަކުން ދައްކާގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެއެވެ. 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އާދައިގެ ދިރިއުޅުމަކަށް ދުނިޔޭގެ އެހެން ގިނަ ގައުމުތަކަށްވުރެ ބޮޑު ހަރަދެއް ކުރަން ޖެހެއެވެ.
އެގޮތުން އެންމެ އާދައިގެ ދިރިއުޅުމެއް އުޅޭ މީހާގެ އަތުންވެސް މަހަކު 840.4 ޑޮލަރު ހޭދަވާ ކަމަށް ނަމްބިއޯގެ ތަފާސް ދިރާސާތަކުން ދައްކައެވެ. މިއީ އަދި ގޭގެ ކުލި ނުހިމަނާ ހަދާފައިވާ ރިސާޗެއްކަމުން މިއީ ގޭގެ ކުލި ނުލާ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ހޭދަކުރަން ޖެހޭ މިންވަރެއް ކަމަށް ދިރާސާގައިވެއެވެ. މި ތަފާސް ހިސާބުތަކުން ދައްކަނީ ރާއްޖޭގައި ދިރިއުޅުމަށް ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު 2 ގުނަ ނުވަތަ 3 ގުނަ އިތުރަށް ހަރަދުވާކަމެވެ.
ރާއްޖޭގެ ދިރިއުޅުމުގެ ހަރަދު ބޮޑުވާ ގިނަ ސަބަބުތައްވެސް ވެއެވެ. ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވެފައި އުފެއްދުންތެރިކަން އަމުދުން ވަރަށް ދަށް ޤައުމަކަށް ވުމުން މުދަލާއި، ތެލާއި، ކާޑާއި އަދި ވެސް ޒަރޫރީ ބާވަތްތައް ވެސް ޖެހެނީ ބޭރުން އިމްޕޯޓްކުރާށެވެ. މިކަމުގެ ސަބަބުން މުދާ އެތެރެކުރުމުގެ ހަރަދު (ޝިޕިންގ، އިންޝުއަރެންސް، ޓެކްސް) ވަރަށް ބޮޑަށް އިތުރުވެ، އެންމެ ފަހުން ކަސްޓަމަރުންނަށް ލިބޭއިރު އަގު ވަރަށް މަތިވެއެވެ. ހަމައެއާއެކު ދުރު ހިސާބުތަކުން މުދާ އެތެރެ ކުރަން ޖެހޭތީ، ދަތުރުފަތުރުގެ ހަރަދު މަތިވެއެވެ. އަދި ރާއްޖޭގެ ރަށްތަކަކީ އިންޑިއާ ކަނޑުގައި ބެހިފައި އޮންނަ ކުދި އާބާދީތަކެއް ހިމެނޭ ރަށްތަކަކަށް ވުމުން އެ ރަށްތަކަށް މުދާ ފޯރުކޮށްދިނުމުގެ ހަރަދުވެސް ބޮޑުތަނުން މަތިވެއެވެ.
މި ސަބަބުތަކާހުރެ ސްރީލަންކާ، އިންޑިއާ ނުވަތަ ބަންގްލަދޭޝްގައި އާދައިގެ ކެއުމަކަށް ހަރަދުވާ ވަރަށްވުރެ ރާއްޖޭގައި އެތައް ގުނައެއް ބޮޑެވެ. ހަމަ މިއާއެކު ކަރަންޓް، ފެން، ތެޔޮ އަދި ދަތުރުފަތުރުގެ ހަރަދުތައްވެސް މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ކިޔާއިރު ރާއްޖޭގައި ބޮޑެވެ.
މާލެ ފަދަ މީހުން ގިނަ ތަންތަނުގައި ބިމުގެ ދަތިކަން ބޮޑުވެ، ގޯތިގެދޮރުގެ ކުލި ވަރަށް ބޮޑެވެ. މިކަމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދުމަށް ދަތިވެ، ދިރިއުޅުމުގެ ހަރަދު އިތުރުވެއެވެ. މިސާލަކަށް ބަލާނަމަ މާލޭގެ ކުޑަ އެޕާޓްމަންޓެއްގެ ކުލި 8,000 ރުފިޔާ އާއި 15,000 ރުފިޔާއާ ދެމެދުގައި އުޅޭއިރު، މި އަދަދަކީ މި ސަރަހައްދުގެ އެހެން ގައުމުތަކުގައި 3 ނުވަތަ 4 ކޮޓަރީގެ ބޮޑެތި އެޕާޓްމަންޓުތަކަށް ދައްކާ ކުލީގެ އަދަދަށްވުރެ އެތައް ގުނައެއް މަތި އަދަދެކެވެ.
އިމްޕޯޓް ޑިއުޓީ އާއި ޓެކުހަކީވެސް ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދިއުމަށް މެދުވެރިވާ އެއް ސަބަބެވެ. ސަރުކާރުން އިމްޕޯޓް ޑިއުޓީއާއި ޖީ.އެސް.ޓީ ފަދަ ޓެކްސްތައް ނަގާއިރު، މި ހަރަދުތައް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ކަސްޓަމަރުންގެ ބޮލުގައި އެޅެއެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް މަތިވެއެވެ.
ދިރިއުޅުމުގެ ހަރަދު މަތިވުމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މުސާރަ ކުޑަވުމާއި ހަރަދު ބޮޑުވުމުގެ ސަބަބުން ގިނަ އާއިލާތަކަށް ދިރިއުޅުމުގެ ބޭސިކް ބޭނުންތައް ފުއްދަން އުނދަގޫވެއެވެ. މާލެ ސަރަހައްދުގައި ގޯތިގެދޮރުގެ ކުލި ބޮޑުވުމުގެ ސަބަބުން، ގިނަ ބަޔަކަށް އެކަށީގެންވާ ތަނެއްގައި ދިރިއުޅެން ދަތިވެއެވެ. އަދި ކުދިކުދި ތަންތަނުގައި ގިނަ ބަޔަކު ދިރިއުޅެން ޖެހި، އާއިލީ މައްސަލަތައް އިތުރުވެއެވެ.
ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، ޒުވާނުންނަށް އަމިއްލަ ގޯއްޗެއް ގަތުމަށް ނުވަތަ ކުދި ވިޔަފާރިތައް ފެށުމަށް ދަތިވެއެވެ. މިކަމުގެ ސަބަބުން ޒުވާނުންގެ މެދުގައި ނާއުންމީދު އިތުރުވެ، އިގްތިސާދީ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
ރާއްޖެއަކީ ދެކުނު އޭޝިއާގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކަށް ވުމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާ ގައުމީ މައްސަލައެކެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް ދިރިއުޅުމަށް ދަތިވެ، މުސްތަގުބަލާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން ސަރުކާރަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ތަކެތީގެ އަގުތައް ހެޔޮކުރުމާއި، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އިތުރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު