ރައްޔިތުންގެ ޖީބު ހުސްވެ ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ އަގު ސަރުކާރުން ދައްކަންޖެހޭނެ ކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މަލީޙް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުއިއްޒާއި ދެކޮޅަށް ރަށްރަށުގައި މުޒާހަރާކުރާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ.
"މިއީ އީޒީ ރައިޑްގެ ނިމުން ކަމަށް ބައްލަވާ. ރައްޔިތުން އަޑު އިއްވާނެ. އެއީ ޑިމޮކްރަސީ އަކީ." މަލީޙް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މަލީޙް ވިދާޅުވީ، ސަރުކާރުގެ ވައްކަމާ ފަސާދަ ހައްދުން ނައްޓައި ރައްޔިތުން ޖީބު ހުސްވެފައިވާ ކަމަށާއި، މި ތަދުމަޑުކަމުގެ އަގު ސަރުކާރުން ދައްކަންޖެހޭނެ ކަމަށެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދު 2.5 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
އިޤްތިޞާދަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ހަމައެކަނި ކޮންޓްރިބިއުޓްކުރާ ފެކްޓަރަކީ ރަށްރަށުގައި ހިންގާ ޢުމްރާނީ މަސައްކަތްތައް ނޫން ކަމަށެވެ. މީގެތެރޭގައި ޕްރައިވެޓް ސެކްޓަރގެ ވަރަށް ގިނަ މަސައްކަތްތައް ހިމެނޭ ކަމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޮޑެތި އިންވެސްޓްމަންޓްތައް މިހާރުވެސް ކުރިއަށްދާކަން ސަޢީދު ވަނީ ފާހަގަކުރަށްވާފައެވެ.

މުއިއްޒާއި ދެކޮޅަށް ރަށްރަށުގައު މުޒާހަރާކުރާ ދުވަސް އޮތީ ވަރަށް ކައިރީގައި. މިއީ އީޒީ ރައިޑްގެ ނިމުން ކަމަށް ބައްލަވާ. ރައްޔިތުން އަޑު އިއްވާނެ.އެއީ ޑިމޮކްރަސީއަކީ. ސަރުކާރުގެ ވައްކަމާ ފަސާދަ ހައްދުން ނައްޓާ ރައްޔިތުން ޖީބު ހުސްވެއްޖެ.ތަދުމަޑުކަމުގެ އަގު ސަރުކާރުން ދައްކަންޖެހޭ pic.twitter.com/fDFF0HwnFd
— Mohamed Maleeh Jamal (@maleehjamal) November 2, 2025
އޭގެއިތުރުން މަލީޙް ވިދާޅުވީ، ސަރުކާރުގެ ވައްކަމާ ފަސާދަ ހައްދުން ނައްޓައި ރައްޔިތުން ޖީބު ހުސްވެފައިވާ ކަމަށާއި، މި ތަދުމަޑުކަމުގެ އަގު ސަރުކާރުން ދައްކަންޖެހޭނެ ކަމަށެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދު 2.5 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
އިޤްތިޞާދަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ހަމައެކަނި ކޮންޓްރިބިއުޓްކުރާ ފެކްޓަރަކީ ރަށްރަށުގައި ހިންގާ ޢުމްރާނީ މަސައްކަތްތައް ނޫން ކަމަށެވެ. މީގެތެރޭގައި ޕްރައިވެޓް ސެކްޓަރގެ ވަރަށް ގިނަ މަސައްކަތްތައް ހިމެނޭ ކަމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޮޑެތި އިންވެސްޓްމަންޓްތައް މިހާރުވެސް ކުރިއަށްދާކަން ސަޢީދު ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު