ދިވެހި ދައުލަތް ދަތުރުކުރަމުން ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު، ސަޢުދު ޙުސައިން، ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅިވެފައިވަނީ ގައުމުގެ ހާލަތަށް އަލިއަޅުވާލަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެގޮތުން ސަޢުދު ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ކުޑަކޮށް ބަލާލުމުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ރާވަމުން މިއީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ މުއްސަނދި ފުދުންތެރި ދައުލަތެއް އޮންނަ ގައުމެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަމުންދިޔަ ނަމަވެސް، ހަގީގަތުގައި މިއީ ނުފޯރާފޮތިން ފޫގަޅައިގެން އުޅޭ ޚަރަދު ބޮޑު މަތިބަރު ދައުލަތެއް ބަލަހައްޓާ ގައުމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"ދައުލަތުގެ ތެރޭގައި އެންމެ އާއްމު ކަމަކީ ސަރުކާރުގެ ކުންފުނިތަކުންނާއި މިނިސްޓްރީ ތަކުންނާއި އަދި ދައުލަތުގެ މުހިންމު މުއައްސަސާތަކުން ރާވާ، އިންތިޒާމްވެގެން ހިންގާ ކުދި ބޮޑު ކޮރަޕްޝަނާއި ވައްކަން! ދައުލަތުގެ އާމްދަނީއާއި ނުބައްދަލު ބިޔަބޮޑު ބޭކާރު ޚަރަދުތަށް އެއްވެސް ޖެހިލުމެއްނެތި ކުރަމުންދާތަން!" ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އާމްދަނީ އިތުރުނުވެ ހަރަދު އިތުރަށް ބޮޑުވަމުން ދާކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓި، އެފަދަ ވިޔަފާރިތަކުން ދައުލަތަށް ވަންނަ އާމްދަނީ ބޮޑުތަނުން ދަށަށް ދަމުން ދާކަންވެސް ސަޢުދު ވަނީ ފާހަގަކޮށްފައެވެ.
"އެތަށް ބައެއްގެ ވިޔަފާރި ހުއްޓުމަކަށް! އަދި ޕްރައިވެޓް ސެކްޓާ އެއްކޮށް ބަނގުރޫޓް ވުމާއި ގާތްވެއްޖެ!" ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ ސިޔާސީ ސަބަބު އިސްކޮށް ގައުމު ހިންގުމުގެ ބަދަލުގައި، ގައުމީ ވިސްނުމަކުން ގައުމީ ދުރުމިއަޅާ ގައުމު ދަތުރު ކުރަމުންދާ މިސްރާބު ހޯދާ ރަގަޅު ކުރަން އެބަޖެހޭ ކަމަށެވެ. އެހެންނޫނީ ރައްކާތެރި މަންޒިލެއް ނުހޯދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ" ސަޢުދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު