އުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރި ކުރަށްވައި ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އުމުރުން 73 އަހަރުގައި ސާމިޔާ އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ރައީސްގެ މެސެޖުގައި އުސްތާޛު އިބްރާހީމް ރަޝީދު މޫސާ ދިވެހިރާއްޖޭގެ ތަޢުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަ ކުރަށްވާފައިވެއެވެ.
"އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޢިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިލައްވާފައިވަނީ، 1983 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން، 1985 ވަނަ އަހަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން އަދި 2004 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ކިޔުންތެރިންގެ ހިޔާލު