ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ އާއި ފުވައްމުލަކަށް މިއަދު ހަވީރު ރަސްމީ ދަތުރުފުޅެއް ފަށްޓަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިސް ވަފުދަކާއެކު ރައީސް މުޢިއްޒު ފުރަތަމަ ވަޑައިގަންނަވާނީ ފުވައްމުލަކު ސިޓީއަށް ކަމަށެވެ.

އެ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރުއެވެ. ރައީސްގެ މި ދަތުރުގައި ފުވައްމަލުކުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިހާހުކޮށް ދެއްވައި، އާ މަޝްރޫތަކެއް އިއުލާން ވެސް ކުރައްވާނެއެވެ.

ފުވައްމުލަކުސިޓީގެ ދަތުރުފުޅަށް ފަހު މާދަމާ ރައީސް އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެއެވެ. އަދި ބައެއް މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވައި އާ މަޝްރޫޢުތައް އިޢުލާނު ކުރަށްވާނެއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު މިހާރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު