ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ރައީސް ޑރ. މުހައްމަދު މުއިއްޒު
މި ގައުމަށް ރައީސް ޑރ. މުއިއްޒާއެކު ލިބުނީ ދޮގު ވައުދުތަކުގެ ސުނާމީއެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު އިއްޔެ ޑރ. ޖަމީލުގެ އުފަންރަށް ކަމަށްވާ ފުވައްމުލަކު ސިޓީއަށް ފެއްޓެވި ދަތުރުފުޅުގައި އެ ސިޓީގައި ގިނަ މަޝްރުޢުތަކެއް ކުރިއަށް ގެންދަވާނެކަން ވަނީ އިޢުލާނު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، ގައުމަށް އެއްވެސް މިންވަރެއްގެ ހަރުދަނާ ތަރައްގީއެއް ގެނައުމުގެ ވިސްނުމެއް ރައީސް ޑރ. މުޢިއްޒުގެ ކިބައިގައި ނެތް ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ އޮތީ ދެ ޕޮލިސީއެއް ކަމަށާއި، ދެޕޮލިސީވެސް ގުޅިފައިވަނީ އޮޅުވާލުމަށް ކަމަށް ޑރ. ޖަމީލް ތުހުމަތު ކުރަށްވާފައިވެއެވެ.

"މުއިއްޒުގެ އޮތީ ދެ ޕޮލިސީއެއް؛ 1. ގައުމުގެ މާލީ ޙާލަތަށް ބެލުމެއް ނެތި ވަޒީފާ ބަހަމުން ދިއުން 2. ކުރީގައި ހެދި ދޮގުތަކުގެ މައްޗަށް ތަކުރާރުކޮށް ދޮގު ހަދަމުން ދިއުން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، މި ގައުމަށް ރައީސް މުއިއްޒާއެކު ލިބުނީ ދޮގު ވައުދުތަކުގެ ސުނާމީއެއް ކަމަށެވެ.

"މުއިއްޒަކީ ދޮގުހަދާ މެޝިނެއް. ގައުމަށް މުއިއްޒާއެކު ލިބުނީ ދޮގު ވައުދުތަކުގެ ސުނާމީއެއް. މިކާރިސާއިން އަދިވެސް ރައްޔިތުން ސަލާމަތްވާނެ ގޮތެއް ނެތް!" ޑރ. ޖަމީލް ވިދާޅުވިއެވެ.



ޑރ. ޖަމީލްގެ ޕޯސްޓުގައި ކުރީގެ ރައީސް ޔާމީނަށް ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަކީ "އަނިޔާ" ކަމަށާއި، އެމަނިކުފާނަށް އިންސާފު ލިބުމަށް އެދޭކަމަށް ވިދާޅުވެ ޑރ. މުޢިއްޒު މީގެ ކުރިން ކުރަށްވާފައިވާ ޓްވީޓެއް ޙިއްސާ ކުރަށްވާފައިވެވެ.

ނަމަވެސް ރައީސް ޔާމީނަށް ނިސްބަތްކޮށް "ހުސް ގޮނޑި"އެއް ބަހައްޓަވައިގެން އޭގެ ނިވާފަތްގަނޑުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ކޯޓުތަކުން މީސްމީހުންނަށް ކޮށްފައިވާ ޙުކުމްތަކަށް ސަރުކާރުން އަތް ނުބާނާނެ ކަމަށާއި، މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު