ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
މިވެރިކަމުގައި ހުޅުދޫ އާއި މީދޫ ވާނީ ދުބާއީއަށާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު އައްޑޫ ހުޅުދޫ އާއި މީދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ޝާޑު ވިދާޅުވީ މިސަރުކާރުން ހުޅުދޫ އާއި މީދޫއަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން އެކަމުގެ އެއް ހެއްކަކީ ދާދިފަހުން ނެގި އައްޑޫ ރެފަރެންޑަމް ވޯޓު ކަމަށް ޝާޑު ވިދާޅުވިއެވެ.

އެވޯޓުގައި އައްޑޫ މަރަދޫ އާއި މީދޫ ރައްޔިތުން އެ ދެރަށުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމަށް ނިންމާފައިވާތީ އެކަމަށް މަރުޙަބާ ދަންނަވަމުން ޝާޑު ވިދާޅުވީ، މިވެރިކަމުގައި ހުޅުދޫ އާއި މީދޫ ވާނީ ދުބާއީއަށާއި އަބޫދާބީއަށް ކަމަށެވެ. އަދި މީގެކުރިން ވެރިކަން ކުރެއްވި ވެރިންނަށް ރައްޔިތުން އެދޭގޮތް ބަލާލަން ނުކެރުނު ކަމަށްވެސް ޝާޑު ވިދާޅުވިއެވެ.

"ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި މި ދެ ރަށް ވެގެން ދާނީ ދުބާއީއަށާއި އަބޫދާބީއަށް. މިއީކީ ސަމާސާ ވާހަކައެއް ނޫން." ޝާޑު ވިދާޅުވިއެވެ.

ހަމައެއާއެކު ހުޅުދޫ އާއި، މީދޫ ރައްޔިތުންނަށް މިއަދުގެ ރައީސްއާމެދު ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށާއި، މި ސަރުކާރުން އެދެރަށް ތަރަށްޤީ ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް ވައުދުވެވަޑައިގެންނެވި ކަންތައްތައް ފުއްދަވައި ދެއްވާނެ ކަމަށާއި، ދެރަށުގެ ރައްޔިތުން އެކުވެރިކަމާއެކު ތިބިހާ ހިނދަކު، ދެ ރަށް ފަހަތަށް ނުދާނެކަމަށް ޝާޑު ވިދާޅުވެފައިވެއެވެ.

އަދި ވަކިން އޮތްނަމަވެސް ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަކީ ނިކަމެތިން ނޫން ކަމަށާއި، ރާއްޖޭގެ ބިމުގެ ސައިޒަށް ބަލާއިރު، ހުޅުދޫ އާއި މީދޫއަކީ ރާއްޖޭގެ ފަސް ވަނައަށް އެންމެ ބިން ބޮޑު ދެ ރަށް ކަމަށް ޝާޑު ވިދާޅުވިއެވެ. އަދި އާބާދީއަށް ބަލާއިރު، ރާއްޖޭގެ ނިސްބަތުން ހަ ވަނައަށް އެންމެ އާބާދީ ބޮޑީ ހުޅުދޫ އާއި މީދޫގައިކަން ޝާޑުގެ ވާހަކަފުޅުގައި ފާހަގަ ކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު