ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (މ)
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (މ)
ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބ. އަތޮޅަށް ފުރާވައިގެންފިއެވެ.

ބ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރުން ފެށިގެން ބާއްވާ މި ފުޓްސަލް މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގައި މެޗްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެވެސް ޗެމްޕިއަން ޓީމަކަށް 150،000 ރުފިޔާގެ އިނާމެއް އަދި ރަނަރަޕް ޓީމަކަށް 75،000 ރުފިޔާގެ އިމާނެއް ވަނީ ހުށަހަޅާފައެވެ.

މިއަދު ހަވީރު މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ރައީސް ޞާލިޙް މިހާރުވަނީ ބ. އަތޮޅަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙް ބ. އަތޮޅު ކައުންސިލާއި ބައްދަލު ކުރަށްވާނެ ކަމަށް އެމްޑީޕީން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު