މިލިޓަރީ އަނދިރި ދައުލަތެއް ބިނާކުރުމުން ފަތުރުވެރިކަމަށް ގެއްލުން ލިބޭނެ ކަމަށް ވިދާޅުވެ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސަޢުދު ހުސައިން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ސަޢުދު މިކަންބޮޑުވުން ފާޅު ކުރެއްވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބޭނުމަށް މިލިޓަރީ މަތިންދާ ބޯޓުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެކަން އަންނަ އަހަރުގެ ތެރޭ ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން ސަޢުދު ވިދާޅުވީ، ރާއްޖެފަދަ އިގްތިޞާދީ އިންޑަސްޓްރީތައް ގާއިމްވެފައި ނެތް އަދި ޓޫރިޒަމްގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމެއް އަސްކަރީ ގައުމަކަށް ބަދަލުކޮށްފިނަމަ އެތައް މައްސަލަތަކެއް ފެންމަތިވާނެ ކަމަށެވެ.
އެގޮތުން ކޮރަޕްޝަން އިތުރުވެ ހަނގުރާމަވެރި ބިރުވެރި ހާލަތްތައް ގިނަވެ، ޓޫރިޒަމް އިންޑަސްޓްރީއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ސަޢުދު ވިދާޅުވެފައިވެއެވެ.
"އިސްކަންދޭންވީ މިލިޓަރީ އަނދިރި ދައުލަތެއް ބިނާކުރުމަކަށް ނޫން. އިސްކަންދޭންވީ ދަރަނި ދައްކާ، އިގްތިސޯދީ ބާރުވެރި ޑިމޮކްރެޓިކް ދައުލަތެއް ބިނާކޮށް ރައްޔިތުން ފުދިގެންއުޅޭ ގައުމަކަށް ހެދުމަށް!" ސަޢުދު ވިދާޅުވިއެވެ.
ހަމައެއާއެކު ސަޢުދު ވިދާޅުވީ، ދިވެހި ޤައުމު ދަތުރު ކުރަމުން ދަނީ ރަނގަޅު މިސްރާބަށް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވެފައިވާ އެތަކެއް އަސާސީ ޚިދުމަތްތައް ފުރިހަމަ ނުކުރެވޭ ކަމަށްވެސް ސަޢުދު ވިދާޅުވެފައިވެއެވެ.
"ޤައުމުގައި އިންފްލޭޝަން އިންތިހާއަށް ބޮޑުވެ ތަކެތީގެ އަގު އަތްނުފޯރާވަރަށް މަތިވެ ދިރިއުޅުމުގެ ޚަރަދު މިދަނީ ހިފެހެއްޓުމެއްނެތި މަތިވަމުން! ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ޚަރަދު 55 އިންސައްތަ ބޮޑު! ދަރަނި ނަގައިގެން ނޫނީ ދެކޮޅު ނުޖެހޭ!" ސަޢުދު ވިދާޅުވިއެވެ.
ސަޢުދު މިހެން ވިދާޅުވެފައިވާއިރު، ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުން ބޭނުންކުރަން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރި އެއާ ސްޓޭޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އަސްކަރިއްޔާއަށް ހުރިހާ ރޮނގަކުން ކުރިއެރުން ހޯދަން ރާވާފައިވާ ކަމަށާއި އެގޮތުން މިލިޓަރީ މަތިންދާ ބޯޓުތައްވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަސްކަރީ ގޮތުން ބާރުގަދަ ދަޢުލަތެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރިއްޔާއަށް ހަރަދުކުރުމަށް 2.8 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު