ޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ބަހާލީ ކިތައް ޕަސެންޓު ކޮމިޝަން ނަގައިގެންތޯ ވިދާޅުވެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސުވާލު ކުރައްވައިފިއެވެ.

ވައްޑޭ މިހެން ސުވާލު ކުރައްވާފައި މިވަނީ ބީލަމަށް ނުލައި ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެންނެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.

މިކަމާ ގުޅުވައިގެން ރައީސް މުއިއްޒު ޓެގު ކޮށް އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވަނީ ކޮންމެ ޕްރޮޖެކްޓަކުން ކިތައް ޕަސެންޓު ކޮމިޝަން ނަގާތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު