ދިވެހިރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން، އިޤްތިޞާަދީ ދާއިރާގެ ތަޖުރިބާކާރު ނަފާ ނަސީމް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ނަސީމް ވަނީ، ވެރިންގެ ކިބައިގައި ދީނީ އަދި އަޚްލާޤީ ހަމަތަކަށް ގޮންޖެހުމާއި، ދައުލަތް ހިންގުމުގައި ރޭވުންތެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ނަސީމްގެ މެސެޖުގައި ދީނީ އަދި އަޚްލާޤީ އަގުތަކުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރަށްވާފައިވެއެވެ.
ނަސީމްގެ މެސެޖުގައި ވަނީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ހަދީސް ބަސްފުޅެއް ހިމަނުއްވާފައެވެ. އެގޮތުން، "ތިބާގެ ލަދެއް ޙަޔާތެއް ނެތިއްޔާ ތިބާ ބޭނުން ކަމެއް ކުރާށެވެ!" އޮންނަ ހަދީސްފުޅާއި ގުޅުވައިލައްވާ ނަސީމް ވިދާޅުވީ، މިރާއްޖޭގައި މިހާރު ކަންހިނގަނީ ހަމަ މިގޮތަށް ކަމަށެވެ.
"ވެރިންގެ ލަދެއް ޙަޔާތެއް ބިރެއް ނެތެވެ. ބޭނުންކަމެއް ބޭނުންގޮތަކަށް ކުރަނީ ރޯމާދުވާލު ފާޅުގައެވެ. ގާނޫނާ ދީނާ އަޚްލާގަށް ގޮންޖަހާފައެވެ،" ނަސީމް ވިދާޅުވިއެވެ. އޭނާގެ މިބަސްތަކުން ދޭހަވަނީ ދައުލަތް ހިންގުމުގައި ދީނީ އަދި އަޚްލާޤީ ހަމަތަކަށް ފަރުވާ ކުޑަކުރަމުންދާ ކަމުގެ ކަންބޮޑުވުމެވެ.
މީގެ އިތުރުން، ނަސީމް ވަނީ ގައުމަށް ގެއްލުން ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުން ލިބިދާނެ ގެއްލުންވެސް ފާހަގަ ކުރަށްވާފައެވެ.
"ދަރިންނޭ! ގޮތެއްފޮތެއްނެތް، ރޭވުންތެރިކަމެއްނެތް، ކަރަޕްޝަނަށް މަގުފަހިވާ، ސިޔާސީ ދަހިވެތި މަޝްރޫއުތަކުން ލިބޭނީ ގެއްލުން،" ނަސީމް ވިދާޅުވިއެވެ. ހަމައެއާއެކު މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ގައުމު ފަހަތަށް ގޮސް، ރައްޔިތުން ބިކަވެދާނެ ކަމަށްވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
"މިކުޑަ ގައުމުގެ ދަރީންގެ ކުރިމަގު އޮޔާނުލާ. ތިޔައީ ފާފައެއް ކުށެއް ލަދުވެތިކަމެއް!" މިހެން ވިދާޅުވަމުން ނަސީމް ވަނީ މިފަދަ އަމަލުތަކުގެ ނުރައްކާތެރިކަން ހަނދާންކޮށްދީފައެވެ.
ނަސީމްގެ މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ރާއްޖޭގެ އިޤްތިޞާދާމެދު ހޫނު ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އޭނާގެ ބަސްތަކުން ރައްޔިތުންގެ މެދުގައި ދީނީ އަދި އަޚްލާޤީ ހަމަތަކަށް އިސްކަންދިނުމަށް ގޮވާލާފައިވާއިރު، ވެރިކަން ހިންގުމުގައި ހަމަޖެހޭ އަދި ރޭވުންތެރި ގޮތްތަކަށް ސަމާލުކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ.

ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި ވެއެވެ. ތިބާގެ ލަދެއް ޙަޔާތެއްނެތިއްޔާ ތިބާ ބޭނުން ކަމެއް ކުރާށެވެ! މިރާއްޖޭގައި މިހާރު އޮތީ މިގޮތެވެ. ވެރިންގެ ލަދެއް ޙަޔާތެއް ބިރެއް ނެތެވެ. ބޭނުންކަމެއް ބޭނުންގޮތަކަށް ކުރަނީ ރޯމާދުވާލު ފާޅުގައެވެ. ގާނޫނާ ދީނާ އަޚްލާގަށް ގޮންޖަހާފައެވެ! ދީ?
— NafaNaseem (@monasibnaseem) November 7, 2025
މީގެ އިތުރުން، ނަސީމް ވަނީ ގައުމަށް ގެއްލުން ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުން ލިބިދާނެ ގެއްލުންވެސް ފާހަގަ ކުރަށްވާފައެވެ.
"ދަރިންނޭ! ގޮތެއްފޮތެއްނެތް، ރޭވުންތެރިކަމެއްނެތް، ކަރަޕްޝަނަށް މަގުފަހިވާ، ސިޔާސީ ދަހިވެތި މަޝްރޫއުތަކުން ލިބޭނީ ގެއްލުން،" ނަސީމް ވިދާޅުވިއެވެ. ހަމައެއާއެކު މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ގައުމު ފަހަތަށް ގޮސް، ރައްޔިތުން ބިކަވެދާނެ ކަމަށްވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
"މިކުޑަ ގައުމުގެ ދަރީންގެ ކުރިމަގު އޮޔާނުލާ. ތިޔައީ ފާފައެއް ކުށެއް ލަދުވެތިކަމެއް!" މިހެން ވިދާޅުވަމުން ނަސީމް ވަނީ މިފަދަ އަމަލުތަކުގެ ނުރައްކާތެރިކަން ހަނދާންކޮށްދީފައެވެ.
ނަސީމްގެ މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ރާއްޖޭގެ އިޤްތިޞާދާމެދު ހޫނު ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އޭނާގެ ބަސްތަކުން ރައްޔިތުންގެ މެދުގައި ދީނީ އަދި އަޚްލާޤީ ހަމަތަކަށް އިސްކަންދިނުމަށް ގޮވާލާފައިވާއިރު، ވެރިކަން ހިންގުމުގައި ހަމަޖެހޭ އަދި ރޭވުންތެރި ގޮތްތަކަށް ސަމާލުކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު