ސަރުކާރުން 15 ސްކޫލެއްގެ ވަށާފާރު ރޭނުމަށް "ސޮލެކްސް" ކުންފުންޏާ 15 މިލިއަން ރުފިޔާއަށް ޙަވާލުކުރި މައްސަލައާ ގުޅިގެން ކުރީގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން، ސަރުކާރަށް ގޮންޖައްސަވައިފިއެވެ.
15 ސްކޫލެއްގެ ވަށާފާރު ރޭނުމުގެ މި މަސައްކަތްތަކަކީ ސަރުކާރުން ބިޑަކާ ނުލާ އަމިއްލަ ކުންފުނިތަކާ ސީދާ ޙަވާލުކޮށްފައިވާ 206 މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެކެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ސަޢުދު ވިދާޅުވީ، މިއީ ސަރުކާރުން ބޮޑެތި މަޝްރޫއުތަކުގެ ނަމުގައި ހިންގާ ކަންކަން ކަމަށެވެ. ނަމަވެސް މިއީ، ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކުން ނުވަތަ ސްކޫލްތަކުން ހިންގޭނެ ކުދިކުދި ޕްރޮޖެކްޓްތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ތުހުމަތުކުރެއްވީ، މިކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ހިންގާފައިވާ ބޮޑު ޚިޔާނާތެއްގެ ތެރެއިން ކަމަށެވެ. ސަޢުދު ވަނީ މިކަމުގެ ތަފްސީލުތައް ހާމަކުރަން ގޮންޖައްސަވައި، "މިއީ ކޮންކޮން ރަށެއްގެ، ކޮން މިންތަކަކަށް ހަދާ އަދި ކިހިނެއް ހަދާ ފާރުތަކެއް؟ ތަފްޞީލު ދޭކަށް ނުކެރޭނެ" މިހެން ވިދާޅުވެފައެވެ.
ސަޢުދު މިބީދައިން ސަރުކާރަށް ގޮންޖައްސަވާފައި ވާއިރު ބީލަމަށް ނުލައި ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓްރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.
މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިއީ ސަރުކާރުން ހިންގާ ބޮޑު މަޝްރޫއުތަށް، ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކުން ނުވަތަ ސުކޫލްތަކުން ހިންގޭނެ ކުދިކުދި ޕްރޮޖެކްޓްތަށް! ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ހިންގާފައިވާ ބޮޑު ޚިޔާނާތުގެ ތެރެއިން ބައެއް! މިއީ ކޮންކޮން ރަށެއްގެ، ކޮން މިންތަކަކަށް ހަދާ… pic.twitter.com/VULcSc0I5h
— Saud Hussain (@SaudVillingili) November 8, 2025
ސަޢުދު މިބީދައިން ސަރުކާރަށް ގޮންޖައްސަވާފައި ވާއިރު ބީލަމަށް ނުލައި ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓްރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.
މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު