މި ސަރުކާރުން ބިޑަކާ ނުލާ ބޮޑެތި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ޙަވާލުކުރަމުންދާއިރު، އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ވެރިންގެ ފަރާތުން އެއްވެސް ބަހެއް ނުބުނާތީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ވެރިން ހޯދަން ފަށައިފިއެވެ.
ރީކޯ މޫސަ އެމްޑީޕީގެ ވެރިން ހޯދަމުން ދާކަން ހާމަކުރެއްވީ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. ރީކޯ މޫސަގެ މެސެޖުގައި ވިދާޅުވެފައިވަނީ، "ކޮބައިތަ އެމްޑީޕީގެ ވެރިން؟ މާލިއްޔަތު ޤާނޫނު އުވާލީތޯ އަހާލަންވެގެން ޚަބަރެއް ނުވެގެން؟" މިހެންނެވެ.
ހަމައެއާއެކު މިސުވާލު އުފައްދަން ޖެހުނީ، ދަޢުލަތުން ގިނަ ޢަދަދެއްގެ ފައިސާ ދީފައި އޮންނަ، ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތްހިނދު މިފަދަ ޚައްސާސް ދަނޑިވަޅެއްގައިވެސް އެޕާޓީގެ އެއްވެސް ޚަބަރެއް ނުވާތީ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން މިދިޔަ ހަފްތާގައި، 206 މަޝްރޫޢު ބިޑަކާ ނުލާ ސީދާ އަމިއްލަ ކުންފުނިތަކާ ވަނީ ޙަވާލުކޮށްފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުންނާއި ބައެއް އާންމުންވެސް ދަނީ ފާޅު ކުރަމުންނެވެ.
ހާއްސަކޮށް، ބިޑަކާ ނުލާ މަސައްކަތްތައް ޙަވާލުކުރެވޭ ގޮތަށް ކެބިނެޓުން ވަނީ މާލިއްޔަތުގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުގެ ސަބަބުން، ޢާންމުކޮށް ބިޑުކުރުމެއް ނެތި ސަރުކާރަށް ކުންފުނިތަކާ މަސައްކަތް ޙަވާލުކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ނަމަވެސް މާލިއްޔަތު ޤާނޫނުގައި މަސައްކަތްތައް ޙަވާލުކުރެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޢާންމުކޮށް ބޮޑެތި މަޝްރޫޢުތައް ޙަވާލުކުރަން ޖެހެނީ ބީލަމަށް ހުޅުވާލައިގެންނެވެ. އެއީ މަސައްކަތްތަކުން އެންމެ ރަނގަޅު އަގު ލިބި، އެކަށީގެންވާ ފަރާތަށް މަސައްކަތް ޙަވާލުކޮށް، ދައުލަތަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަޤްޞަދުގައެވެ. ނަމަވެސް، މިހާރުގެ ސަރުކާރުގެ އަމަލުތަކުން މި ޤަވާއިދުތަކަށް އިހުމާލުކުރަމުންދާކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
ރީކޯ މޫސަގެ މި ސުވާލުތަކަކީ، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅު ފަރާތްތަކުގެ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ ސުވާލުތަކެއް ކަމަށް ސިޔާސީ މާހިރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު