ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޚަރަދު ބޮޑު އިސްރާފު ބޮޑު ރައީސެއް ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އަމްރު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށަމުންދާ މަޝްރޫޢުތަކާ ގުޅިގެން، ރައީސް މުޢިއްޒަކީ ޚަރަދު ބޮޑު އިސްރާފު ބޮޑު ރައީސެއް ކަމަށް ވިދާޅުވެފައެވެ.

ޙުސައިން އަމްރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ކޮންމެ މަސައްކަތަކީ "ފޮޓޯއެއް" ކަމަށާއި، "ކޮންމެ ފޮޓޯއަކީ ދަރަންޏެއް" ކަމަށް ސިފަކުރަށްވާފައެވެ. އަދި، "ކޮންމެ ދަރަންޏަކީ ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައެއް" ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.



ސަރުކާރުގެ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ދިގުދެމިގެންދާ ބުރައަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އަމްރު ވިދާޅުވިއިރު، އޭނާގެ މި ބަސްތަކުން ދައްކުވައިދެނީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ޚަރަދުތަކާއި ދަރަނި އިތުރުވުމާމެދު އޭނާގެ ކަންބޮޑުވުމެވެ.

ޢަމްރު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަމަށް މިހާތަނަށް ތިލަވެފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓްރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.

މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް