އެމްޑީޕީގެ ފައުންޑިންގ މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު މީމު ސައްޕެ
އެމްޑީޕީގެ ފައުންޑިންގ މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު މީމު ސައްޕެ
ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރައްޔިތުން ބަނޑަށް ޖެހުން ވަރަށް ގާތް ކަމަށާއި، އެހެންކަމުން އެކަމަށް ރައްޔިތުން ސަމާލުވެތިބުން ވަރަށް މުހިއްމު ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފައުންޑިންގ މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު މީމު ސައްޕެ ވިދާޅުވެއްޖެއެވެ.

އެގޮތުން މީސްމީޑިއާ މެދުވެރިކޮށް ޙިއްސާ ކުރެއްވި މެސެޖެއްގައި މީމު ސައްޕެ ވަނީ، ދިވެހި ދައުލަތާއި ރައްޔިތުން ބަނޑަށް ޖެހުމުގެ ނުރައްކާ އޮތްކަމަށް ލަފާކުރަށްވައި އެކަމުގެ އިންޒާރު ދެއްވައިފައެވެ. ސައްޕެ ވިދާޅުވެފައިވަނީ، ރައީސް މުޙައްމަދު މުޢިއްޒުގެ މިހާރުގެ ސަރުކާރުން ދަރަނި ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތި، ބޮޑު އަދަދެއް ދަރަންޏަށް ނަގައި، ބޮޑު އަދަދަކުން ދިވެހި ދައުލަތާއި ރައްޔިތުން ދަރުވާލުމުގެ ރެކޯޑު ގާއިމުކޮށްފައިވާ ކަމަށެވެ.

"ނުރައްކާ! ނުރައްކާ!! ދަރަނި ނަގަންޖެހޭ އެއްވެސް ސަބަބެއްނެތި އެއްމެ ބޮޑު އަދަދެއް ދަރަންޏަށް ނަގައި އެންމެބޮޑު އަދަދަކުން ދިވެހިދައުލަތާއި ރައްޔިތުން ދަރުވާލުމުގެ ރެކޯޑު ރައީސް މުއިއްޒުގެ މިސަރުކާރުން ގާއިމުކޮށްފި! ރައްޔިތުން ބަނޑަށް ޖެހުން ވަރަށްގާތް. ސަމާލުވެތިބުން ވަރަށް މުހިއްމު!" ސައްޕެ ވިދާޅުވެފައިވެއެވެ.



މީމު ސައްޕެ މި އިންޒާރު ދެއްވާފައި މިވަނީ، ގައުމުގެ އިގްތިސާދީ ހާލަތާއި ދަރަނީގެ ބޮޑު ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނުގެ މި ބަސްފުޅުތަކުން، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދިމާވެދާނެ ދަތިތަކާމެދު ސަމާލުވުމަށް ވަރަށް ބޮޑަށް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ސައްޕެގެ އިތުރުން ކުރީގެ ރައީސް ޔާމީންވެސް ވަނީ ރާއްޖޭގެ އިޤްތިޞާދު ދަށަށްގޮސް އަންނަ އަހަރު ރިކަރަންޓް ޚަރަދުތަކަށްވެސް ފައިސާ ޗާޕްކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެނޫން ގޮތަކަށް މިވަރަށްވެސް ރާއްޖެ ނުހިފެހެއްޓޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން މިސަރުކާރު ވެރިކަމަށް އައިފަހުން ދަޢުލަތުގެ ދަރަންޏަށް 38 އިންސައްތަ އިތުރުވެފައިވާކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދުވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް